ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ހަދަންޖެހޭ ސަރުކާރުގެ މުހިންމު ލިއުމެކެވެ. މި މިޚިދުމަތް ލިބިގަންނާނެ ގޮތުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
|
ޚިދުމަތް ދޭ ތަން: |
ދާންދޫ ކައުންސިލްގެ އިދާރާ |
ޚިދުމަތް ދެވޭ ގަޑި: |
ހެނދުނު 08:10 އިން މެންދުރުފަހު 14:00 އަށް، |
|
ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު |
ޚިދުމަތް ހޯދުމަށް ދާންޖެހޭ ފަހަރު: |
ދޭއް (2) |
|
ޝަރުތު |
-
ދިވެހިރާއްޖޭގެ ގެއެއްގައި ނުވަތަ ދަފްތަރުގައި ރަޖިސްޓަރީވެފައިވުން.
-
18 އަހަރުންމަތީ މީހުން އަލަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާކަމުގައި ވާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮތް ދެ ހެކިވެރިން ގެންނަންވާނެއެވެ.
-
ސްކޫލްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވާކުދިންނާއި 18 އަހަރުން ދަށުގެ ރައްޔިތުންގެ ކާޑު ހަދާއިރު ބެލެނިވެރިއެއް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއިއެކު) ހާޟިރުވާންވާނެއެވެ.
|
ޢަމަލުކުރަންވީ ގޮތް |
- ފޮޓޯ ނެގުމުން، އިނގިލީގެ ނިޝާނާއި ސޮއި ދިނުމަށްފަހު، ޚިދުމަތަށް އެދޭ ފޯމާއިއެކު ހުށަހެޅި ލިޔެކިއުންތަކުގެ އަސްލު ލިބިގަންނާށެވެ.
- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ޙަވާލުވުމަށް ވަޑައިގަތުމަށް މިއިދާރާއިން އެންގެވުމުން، މިއިދާރާއަށް ވަޑައިގެން ކާޑަށް ފައިސާއެއް ދައްކަވަންޖެހޭނަމަ ފައިސާ ދެއްކެވުމަށްފަހު، ކާޑު ލިބުނު ކަމަށް ސޮއި ކުރައްވާ ކާޑާއި ޙަވާލުވެވަޑައިގަންނާށެވެ.
- މިއިދާރާ މެދުވެރިކޮށް ހުށަހަޅާ ކާޑު މާލޭން ޙަވާލުކުރަން ބޭނުންވާނަމަ، ހަވާލުކުރާނެ ފަރާތެއް ބަޔާންކޮށް ސިޓީއެއް މިއިދާރާ މެދުވެރިކޮށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނަށް ފެކްސް ކުރުމުން ނުވަތަ މަޢްލޫމާތު ފޯމްގައި (ފޯމްގެ އަރިމަތީގައި)ޙަވާލުވާނެ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮތުމުން އެފަރަތަކާ ޙަވާލު ކުރެވިދާނެއެވެ. މިނޫން ކާޑުތައް ޙަވާލުކުރަން ފޮނުވާނީ އެއްކާޑެއް ފޮނުވި ކަލެކްޓިން ޕޮއިންޓަށެވެ. (ކާޑުގެ ވެރިފަރާތުގެ މަންމަ، ބައްޕަ، އެއްބަޑުއެއްބަފާ ފަރާތަކާ ސިޓީއެއް ނެތަސް ކާޑު ޙަވާލުކުރެވިދާނެއެވެ.)
|
ހުށަހަޅަންޖެހޭ ލިޔެކިޔުން |
-
- އުފަންދުވަހުގެ ސެޓްފިކެޓް (އަސްލު).
- ކުރީގެ އައިޑީ ކާރޑު (ކާރޑް އާކުރާނަމަ).
- ޕާސްޕޯޓް (ހަދައިފައި އޮތްނަމަ އަސްލު).
- ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިން ވޭތުވެދިޔަތާގައި ދީފައިވާ އެއްވެސް ލިޔެކިޔުމެއް. (އޮތްނަމަ)
|