| ޞަފްޙާތައް | މައުލޫމާތު > ތާރީޚީ މައުލޫމާތުު 
 
 
            
              | ދާންދޫ ވާރުވެރި ކަލޭގެފާނު |  
              | މީގެ 137  އަހަރު ކުރިން ހުވަދު އަތޮޅުގެ ވާރުވެރިކަން މިހާރުގެ ނަމުންނަމަ އަތޮޅުވެރިކަން ކުރެއްވީ ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނެވެ. އޭނާގެ ފުރިހަމަ ނަމަކީ މޫސާ ޚަތީބެވެ. މީނާއަށް ހުވަދު އަތޮޅުގެ ވާރުވެރިކަން (އަތޮޅުވެރިކަން) ދެއްވީ ހިޖުރައިން 1308 ވަނަ އަހަރުގެ ތެރޭގައެވެ. އަތޮޅު އޮފީހަކީ ދާންދޫ ވާރުގެއެވެ. މިދެންނެވި ވާރުގޭ ހުރި ތަނުގައި މިހާރު ވަނީ އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނުގެ ކާފަދަރިކަނބަލަކު ގެއެއް އަޅާފައެވެ. އެގެއަށް މިހާރު ކިޔަނީ އަސަރީ ގެއެވެ. އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނަށް (ވާރުވެރިކަލޭގެފާނަށް) 3 ބެއިން ލިބިލެއްވިއެވެ. އެއީ އަލްމަރުޙޫމް ދޮންތައްޚާނާއި، އަލްމަރުޙޫމް ހަސަން ތަކުރުފާނާއި، އަލްމަރްޙޫމް ދޮންބީފާނެވެ. އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނު (ވާރުވެރިކަލޭގެފާނު) އަކީ ރައްޔިތުން ލޯބި ލިބިވަޑައިގެން ހުންނެވި އަރިއަތޮޅުގެ ރަށްރަށުގައި މައުލޫދު ހަރުގެ އެޅުމާއި، މިސްކިތްތައް މަރާމާތު ކުރައްވާ ރައްޔިތުންގެ މެދުގައި ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުމުގެ ރޫޙު އުފެއްދުމާއެކު ޢަދުލު އިންސާފަށް ލޯބި ކުރެއްވި ދީންވެރި ބޭކަލެކެވެ. ރައްޔިތުންގެ މަސައްކަތްތަކަށް ގޮވާލެވޭހިނދު ޢުޒުރެއް ނެތި މަސައްކަތަށް ނުނުކުންނަ މީހުންގެ އަތުން ބޮލި ކޮއްޓޭއެއް ނެންގެވިއެވެ.
 އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނަކީ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިވަޑައިގެން އަތޮޅުވެރިކަން (ވާރުވެރިކަން) ކުރެއްވި ބޭކަލެކެވެ. އޭނާ 22 އަހަރު ދުވަހު އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ.
 އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނަކީ އެދުވަސްވަރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު އާދެ، ކުޑަ ރަސްގެފާނުގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ.
 
  ތިޔަ ފެނިވަޑައިގަންނަވަނީ އަލްމަރްޙޫމް ދޮންހޮއްކޮ ކަލޭފާނަށް ވާރުވެރިކަން ދެއްވި ފަތްކޮޅުގެ އަސްލު ކޮޕީއެކެވެ.
 
 |  
              | ރަށުގެ މުހިންމު ތަންތަނުގެ މައުލޫމާތު |  
              |  |  | ފަހުގެ އަޕްޑޭޓްތައް 
    
      ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 176 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2024-10-10)ޕަބްލިކޭޝަންސް: ދާންދޫ ބަނދަރު ސަރަޙައްދުގައި ރަށުގެނަން ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުން (2025-10-06)ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26) ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
 މުދަލު ޒަކާތް ދެއްކުން
 
 
 
 ނަމާދު ވަގުތު |