`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Fri, 26 Apr 2024 10:22:17 +0500
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
ޚަބަރު

ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުން ޓްރަސްޓް ސްޓޭޓްމަންޓާއި އެއްގޮތަށް ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާތީ މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ދައުވާކޮށް މައްސަލަ ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ވައްދައިފި
10 އަހަރު 10 މަސް 1 ހަފްތާ ކުރިން | 0 ކޮމެންޓް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މައްޗަށް ގއ. ދާންދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅާ ދަޢުވާގެ އިތުރު ތަފްޞީލް

1- ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ
1.1- މިއީ، ގއ. ދާންދޫ ކައުންސިލްގެ، ދާންދޫ ސޯޝަލް ޑިވެވެލޮޕްމަންޓް ފަންޑް އިން 600000.00ރ (ހަލައްކަ ރުފިޔާ) ނެގުމަށް 20 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވާފައިވާ މި އިދާރާގެ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެފައިސާ ދޫނުކޮށް ހިފަހައްޓާފައިވާތީ ކޯޓު ޢަމުރު ނެރުއްވާތާ 5 ދުވަހުގެ ތެރޭގައި ދާންދޫ ކައުންސިލަށް އެފައިސާ ދޫކޮށްދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މައްޗަށް ކޯޓު ޢަމުރެއް ނެރެދެއްވުމަށް ދާންދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅާ ދަޢުވާއެކެވެ. އަދި މި ޓްރަސްޓް ފަންޑުގައި ހުރި ހުރިހާ ފައިސާއެއްވެސް ހަމަޖެހިފައިވާ އުޞޫލުތަކާއެއްގޮތަށް ދާންދޫ ކައުންސިލަށް ދޫކުރަމުން ގެންދިއުން މި ޢަމުރުގައި ޝަރުޠު ކުރުމަށްވެސް މި ދައުވާއިން އެދެމެވެ.

2- ދަޢުވާ ބިނާކޮށްފައިވާ ގޮތާއި މައްސަލައިގާ ކަންހިގާފައިވާ ގޮތުގެ ތަފްޞީލް
2.1- މިއީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) އިން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބިދޭ އިޚްތިޔާރު ގެ ދަށުން އެޤާނޫނުގެ 26 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތަށް "ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް ގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި ޓްރަސްޓް އެކައުންޓެއް ޤާއިމުކުރުމާގުޅޭ ޓްރަސްޓް ސްޓޭޓްމަންޓް ދާންދޫ ކައުންސިލުން ފުރިހަމަކޮށް ފޮނުވުމުން، 26 ނޮވެމްބަރ 2012 ވަނަދުވަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ ނަންބަރ: 13-DA/410/2012/04 ސިޓީ އިން "ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް ގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި މިފަންޑް ހުޅުވާދެއްވައްފި ކަމާއި އަދި ސްޓޭޓްމަންޓް މި ސިޓީއާއެކު ފޮނުއްވައި އަދި މިފަންޑް އިން ފައިސާގެ މުޢާމަލާތް ކުރާއިރު ޕޭމަންޓް ވައުޗަރ ހުންނަންވާނެގޮތް ބަޔާންކޮށްފޮނުވި މިސިޓީލިބުމުން މިފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓާއެއްގޮތަށް މިފަންޑް އެކަށައެޅި މިފަންޑް އިން މުޢާމަލާތް ކުރުމުގެ ފުރުޞަތު ލިބުމުން:-
2.2- ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން، ދާންދޫ މަސްމާރުކޭޓުގެ ތިރީބައިގާ ދާންދޫ ކައުންސިލުން ވިޔަފާރި ކުރުމަށްޓަކައި ދާންދޫ ކައުންސިލުން ތައްޔާރުކޮށްފައިވާ ފިޒިބިލިޓީޒް އާއި އެއްގޮތަށް ދާންދޫ ކައުންސިލުން ވިޔަފާރި އިންވެސްޓް ކޮށް ވިޔަފާރި ކުރުމާމެދު ޓްރަސްޓް ފަންޑް ކޮމިޓީ އިން ދިރާސާ ކޮށް ދާންދޫ ކައުންސިލަށް ހުށަހެޅުއްވި ތިރީގައި މިދަންނަވާ ކަންކަމަށް ބަލައި، ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ އިން 600000.00 ރ (ހަލައްކަ ރުފިޔާ) މި ވިޔަފާރި ކުރުމަށް ނެގުމަށް 20 ޑިސެމްބަރ 2012 ވަނަ ދުވަހު ބޭއްވުނު ދާންދޫ ކައުންސިލްގެ 69 ވަނަ ޢާންމު ބައްދަލުވުމަށް ވަޑައިގެންނެވި މުޅި ކައުންސިލްގެ އަޣުލަބިއްޔަތު އޮތް މި ބައްދަލުވުމުގެ އިއްތިފާޤުން " ދާންދޫ ރައްޔިތުންގެ ފިހާރަ " ނަމުގައި މި ވިޔަފާރި ކައުންސިލުން ކުރުމަށާއި މި ވިޔަފާރިއަށް މި ފައިސާ އިންވެސްޓް ކުރުމަށް ކައުންސިލްގެ އިއްތިފާޤުން ފާސްކޮށް ނިންމުމާއި ގުޅިގެން 20 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވާފައިވާ މި އިދާރާގެ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފައިސާ ޖަމާކުރަންޖެހޭނެ ކަމުގައި ދެކެމެވެ.
2.3- "ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް" ގެ ނަމުގައި ޓްރަސްޓް އެކައުންޓެއް ޤާއިމުކުރުމާގުޅޭ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލް އެކެއްގައި، ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑު ދިރުވުމަށްޓަކައި ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުން ކުރުމަށް ފާސްކޮށްގެން ހިންގޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
2.4- ޤާނޫނު ނަންބަރު 2006/3 ގެ 26 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތަށް، ޤާއިމުކޮށްފައިވާ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް" ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލް ދޭއްގައި ބަޔާންކޮށްފައިވާ ފައިސާ އަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 23 ގެ (ކ) ގެ ދަށުން، ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުމަކީ ކައުންސިލަށް ލިބިގެންވާ ބާރަކަށްވާތީ، މި ބާރުގެ ދަށުން ކައުންސިލުން އުފައްދާފައިފާ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް އާއި އެއްގޮތަށް ފަންޑް ދިރުވުމަށްޓަކައި ހަރަކާތްތައް ހިންގޭ ގޮތަށް ހުރި ފައިސާ އެކެވެ. އަދި ދިވެހިރާއްޖޭ ގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 73 ވަނަ މާއްދާއިން، ކައުންސިލްގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވުމާއެކު، އަދި ރާއްޖޭގެ ޤާނޫނާއި ޚިލާފު ނުވާގޮތުގެ މަތީން، އާމްދަނީ ހޯދުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިޚްތިޔާރު، އެޤާނޫނުގެ 80 ވަނަ މާއްދާއިން ކައުންސިލަށް ލިބިގެންވެއެވެ.
2.5- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ ނަންބަރ: 13-DA/410/2012/4 (26 ނޮވެމްބަރ 2012) ސިޓީ އިން ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް ގެ ނަމުގައި ފަންޑެއް ހުޅުވައި ދެއްވާފައިވާ ކަމަށް އަންގަވާފައި ވުމުން، ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް، އެފަންޑާއި އެއްގޮތަށް ހަރަކާތްތައް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އެވަނީ ދެއްވާފައި ކަމުގައި ދެންނެވީމެވެ. އަދި މި ފަންޑާއި ގުޅިގެން ކުރައްވާ ފައިސާގެ މުޢާމަލާތްތަކާއި މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅުއްވާ ޕޭމަންޓް ވައުޗަރ ހުންނަންވާނެ ގޮތުގެ ނަމޫނާ ތާވަލެއް މި ސިޓީއާއެކު ފޮނުއްވުމުން، މި މުޢާމަލާތުގެ ހަރަކާތްތައް ހިންގުމާއި ހިސާބަށް އާދެވި އަދި މި ޓްރަސްޓް ފަންޑް އިން ނަގާ ފައިސާ ނެގުމަށް ބޭނުންވާ ހަރަކާތަކާއި އަދި އެކަމާގުޅޭ ލިޔެކިޔުން ތަކާއި އެކު ނަގާ ފައިސާގެ އަދަދެއްގެ މައްޗަށް ވައުޗަރ ތައްޔާރުކޮށް ފޮނުއްވުމުން މިނިސްޓްރީ އޮފް ފިނޭންސް އިން ފައިސާ ދޫކުރުމުގެ ކަންކަން ނިންމަންޖެހޭނެ ކަމުގައި ދެކެމެވެ.
2.6- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 132 ވަނަ މާއްދާގައި، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ކައުންސިލުން ބައިވެރިވެވޭނީ ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކުރުމަށް ފަހުގައި ކަމަށް ބަޔާން ކޮށްފައިވުމާއި، އަދި މީގެ އިތުރުން، ކައުންސިލުން ކުރާ އިންވެސްޓް މަންޓް ކައުންސިލަށް އެ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުވާނަމަ ކައުންސިލް ނިސްބަތްވާ ރައްޔިތުންނަށް އެ އިންވެސްޓްމަންޓްގެ މަޢުލޫމާތު ދޭންވާނެކަމަށް ( ކައުންސިލުން ވިޔަފާރި ކުރުން- 73 ވަނަ މާއްދާ) ލާމަރުކަޒީ ޤާނޫނުގައި މި ގޮތަށް ބަޔާންކޮށްފައިވާތީ، 15-03-2012 ގައި ދާންދޫ ރައްޔިތުންނާއި ފުރަތަމަ ފަހަރަށް ދާންދޫ ކައުންސިލުން ބައްދަލު ކުރެއްވި ބައްދަލުވުމުގައި، "ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް" އިން 600000.00 ރުފިޔާގެ އިންވެސްޓެއްގެ ތެރެއިން ދާންދޫ މަސްމާރުކޭޓުގައި ދާންދޫ ކައުންސިލުން ވިޔަފާރި ކުރުމަށް ރާވާފައިވާ ކަމާއި އަދި މިކަންކުރާނެ ގޮތުގެ މަޢުލޫމާތު ދެވި އަދި މީގެ އިތުރުން 07-12-2012 ވަނަދުވަހު ދާންދޫ ކައުންސިލްގެ އަހަރީ ޖަލްސާގައި ވެސް މި މަޢުލޫމާތު ދާންދޫ ކައުންސިލް ނިސްބަތްވާ ރައްޔިތުންނަށް ދިނުމަށް ފަހު، 16 ޑިސެމްބަރ 2012 ވަނަ ދުވަހު ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑްގެ ހިންގާ ކޮމިޓީ އިން މި ވިޔަފާރި ކައުންސިލުން ކުރުމަށްޓަކައި ހަދާފައިވާ ފިޒިބިލިޓީޒް އާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލަށް ހުށަހަޅާ މި ލިޔުން ތައްޔާރު ކުރުމަށް ބޭއްވުނު މި ޖަލްސާގެ މެމްބަރުންގެ މަޝްވަރާއާއެކު، މި ވިޔަފާރި މި ފަންޑް އިން ކުރުމަށް ދާންދޫ ކައުންސިލުން މި ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފެންނަކަމެއްތޯ ބެލުމަށް، ރަށް 4 ބަޔަށް ބަހައި އަދި 4 ގްރޫޕަކުން (ކައުންސިލްގެ މެންބަރުން މި ގްރޫޕްތަކުގައި ހިމެނިގެން) ރަށުގެ ގޭގެއަށް (ދޮރުން ދޮރަށް) ގޮސް، ސާރވޭކޮށް ލިބުނު ނަތީޖާ އަށް ބަލާއިރު %79.55 އިން ސައްތަ މީހުންނަކީ މި ވިޔަފާރި ކުރުމަށް ފެންނަ މީހުން ކަމަށާއި، އަދި މި ސާރވޭއަށް ބަލާއިރު މިވިޔަފާރި ނުކުރުމަށް ފެންނަ ޢަދަދަކީ މި ސާރވޭގެ %20.45 އިން ސައްތަ މީހުންނެވެ.
2.7- ދާންދޫ ކައުންސިލް ނިސްބަތްވާ ރައްޔިތުންނަށް ލާބަޔާ މަންފާ އަދި ކުރިއެރުމާއި ފަސޭހަތައް ހޯދައި ދިނުމުގެ މަތިވެރި މަޤުޞަދުގައި އާއި އަދި ފަންޑް އިޔާދަ ކުރުމަށްޓަކައި ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ އިން 600000.00 ރ (ހަލައްކަ ރުފިޔާ) މި ވިޔަފާރި އަށް އިންވެސްޓްކޮށް، މި މުޅި އިންވެސްޓް މަންޓް މި އަށްވުރެ ބޮޑުކުރުމަށް ފަންޑް ކޮމިޓީގެ މަޝްވަރާއާއެކު ކައުންސިލްއިން ފާސްނުކުރާހާ ހިނދަކު މި އިންވެސްޓްމަންޓްގެ މުޅިޖުމްލަ ފައިސާގެ ޢަދަދަކީ މި 600000.00ރ ކަމަށާއި މި ފައިސާ ވިޔަފާރި ކުރުމަށް ޓަކައި ނަގާ ވިޔަފާރިއިން ލިބޭފައިސާގެ ތެރެއިން މި ޢަދަދުގެ %7 ޕަސެންޓް އިންޓަރެސްޓާއެކު 10 އަހަރުދުވަހުގެ ތެރޭގައި އަނބުރާ ފަންޑަށް ޖަމާކޮށް ޚަލާސްކޮށް ނިންމައި 10 އަހަރު ފަހުން މި ވިޔަފާރި އޭގެ ޒާތުން ދަރަނި ކަނޑާ ފައިދާ ވެފައިވާ ކައުންސިލްގެ ވިޔަފާރިއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށާއި އަދި މި ވިޔަފާރި ކުރުމަށްޓަކައި ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގެ އެސެޓެއްގެ ގޮތުގައި ހުރި ދާންދޫ މަސްމާރުކޭޓްގެ ތިރީބައި ފިހާރައަކަށް ބަދަލުކުރުމަށްދާ ޚަރަދާއި އަދި އެފިހާރައިގެ ތެރޭގައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށްދާ ޚަރަދާއި މި ފައިސާއިން ހިންގާ ވިޔަފާރީގެ ތެރެއިން، ވިޔަފާރި ހިންގުމަށް، ލައްވާ މުވައްޒަފުންނަށް ފިޒިބިލިޓީޒް އާއެއްގޮތަށް ކައުންސިލުން ކަނޑައޅާ މުސާރަ ދެއްވަމުން ގެންދަންވާނެއެވެ.
2.8- މި ވިޔަފާރި ކުރުމަށް ކައުންސިލުން ތައްޔާރުކޮށްފައިވާ ފިޒިބިލިޓީޒް ގެ އަލީގައި މި ވިޔަފާރިކޮށް ނަފާނެރެވިދާނެ ކަމަކަށްވާތީ ދާންދޫ މަސްމާރުކޭޓުގެ ތިރީބައި ފިހާރައަކަށް ބަދަލުކޮށް، އެފިހާރައިގައި ކުރާ ވިޔަފާރި ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށާއި އަދި މި ވިޔަފާރީގެ އިންވެސްޓް " ދާންދޫ ރައްޔިތުންގެ ފިހާރަ " މި ނަމުގައި ޤާއިމު ކުރުމަށް، ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ އިން 600000.00 ރ (ހަލައްކަ ރުފިޔާ) މި ވިޔަފާރި ކުރުމަށް ނަގައި ކަނޑައެޅިފައިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ޤަޥާއިދާއި އެއްގޮތަށް މި މުޢާމަލާތުގެ އެންމެހާ ކަންކަން ކުރުން އެންމެ ރަނގަޅު ކަމެއްކަމުގައި ފަންޑް ކޮމިޓީ ފެންނަ ވާހަކަ ހުށަހެޅުމުން އެކަން އެގޮތަށް ކުރުމަށް ކައުންސިލުން ޤަބޫލުކުރާތީ:-
1.2- ދާންދޫ ކައުންސިލް ނިސްބަތްވާ ރައްޔިތުންނަށް ލާބަޔާ މަންފާ އަދި ކުރިއެރުމާއި ފަސޭހަތައް ހޯދައި ދިނުމުގެ މަތިވެރި މަޤުޞަދުގައި އާއި އަދި ފަންޑް އިޔާދަ ކުރުމަށްޓަކައި ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގައި، އެކައުންޓްގެ ނަން: GA.DHAND.R.AC އަދި އެކައުންޓް ނަންބަރ: 7712-443004-001 ގައި ހުރި 185605.46 ރ (އެއްލައްކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ފަސްރުފިޔާ / ސާޅީސް ހަލާރި) އާއި އެކައުންޓްގެ ނަން: DHAANDHOO.R.E އަދި އެކައުންޓް ނަންބަރ: 7712-442176-101 ގައި ހުރި 1301905.84 ރ (ތޭރަލައްކަ އެއްހާސް ނުވަސަތޭކަ ފަސްރުފިޔާ / އަށްޑިހަ ހަތަރުލާރި) އެކުޖުމްލަ: 1487511.30 ރ (ސާދަލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ އެގާރަރުފިޔާ / ތިރީސްލާރި) މި ފައިސާގެ ތެރެއިން 600000.00 ރ (ހަލައްކަ ރުފިޔާ) މި ވިޔަފާރި އަށް އިންވެސްޓްކޮށް، މި މުޅި އިންވެސްޓް މަންޓް މި އަށްވުރެ ބޮޑުކުރުމަށް ފަންޑް ކޮމިޓީގެ މަޝްވަރާއާއެކު ކައުންސިލްއިން ފާސްނުކުރާހާ ހިނދަކު މި އިންވެސްޓްމަންޓްގެ މުޅިޖުމްލަ ފައިސާގެ ޢަދަދަކީ މި 600000.00ރ ކަމަށާއި މި ފައިސާ ވިޔަފާރި ކުރުމަށް ޓަކައި ނަގާ ވިޔަފާރިއިން ލިބޭފައިސާގެ ތެރެއިން މި ޢަދަދުގެ %7 ޕަސެންޓް އިންޓަރެސްޓާއެކު 10 އަހަރުދުވަހުގެ ތެރޭގައި އަނބުރާ ފަންޑަށް ޖަމާކޮށް ޚަލާސްކޮށް ނިންމައި 10 އަހަރު ފަހުން މި ވިޔަފާރި އޭގެ ޒާތުން ދަރަނި ކަނޑާ ފައިދާ ވެފައިވާ ކައުންސިލްގެ ވިޔަފާރިއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށާއި އަދި މި ވިޔަފާރި ކުރުމަށްޓަކައި ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގެ އެސެޓެއްގެ ގޮތުގައި ހުރި ދާންދޫ މަސްމާރުކޭޓްގެ ތިރީބައި ފިހާރައަކަށް ބަދަލުކުރުމަށްދާ ޚަރަދާއި އަދި އެފިހާރައިގެ ތެރޭގައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށްދާ ޚަރަދާއި މި ފައިސާއިން ހިންގާ ވިޔަފާރީގެ ތެރެއިން، ވިޔަފާރި ހިންގުމަށް، ލައްވާ މުވައްޒަފުންނަށް ފިޒިބިލިޓީޒް އާއެއްގޮތަށް ކައުންސިލުން ކަނޑައޅާ މުސާރަ ދެއްވަމުން ގެންދިއުމަށް މިކަން ފެށުމަށް ބޭނުންވާ، މި ވިޔަފާރީގެ އިންވެސްޓް " ދާންދޫ ރައްޔިތުންގެ ފިހާރަ " މި ނަމުގައި ޤާއިމު ކުރުމަށް، ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ އިން 600000.00 ރ (ހަލައްކަ ރުފިޔާ) މި ވިޔަފާރި ކުރުމަށް ނެގުމަށް 20 ޑިސެމްބަރ 2012 ވަނަ ދުވަހު ބޭއްވުނު ދާންދޫ ކައުންސިލްގެ 69 ވަނަ ޢާންމު ބައްދަލުވުމަށް ވަޑައިގެންނެވި މުޅި ކައުންސިލްގެ އަޣުލަބިއްޔަތު އޮތް ކައުންސިލްގެ ބައްދަލުވުމުގެ އިއްތިފާޤުން " ދާންދޫ ރައްޔިތުންގެ ފިހާރަ " ނަމުގައި މި ވިޔަފާރި ކައުންސިލުން ކުރުމަށާއި މި ވިޔަފާރިއަށް މި ފައިސާ އިންވެސްޓް ކުރުމަށް ކައުންސިލް އިން ފާސްކޮށް ނިންމުމާއި ގުޅިގެން 20 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވާފައިވާ މި އިދާރާގެ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަދި މިހާތަނަށް އެފައިސާ ދޫނުކޮށް ހިފަހައްޓާފައިވެއެވެ. ކޯޓު ޢަމުރު ނެރުއްވާތާ 5 ދުވަހުގެ ތެރޭގައި ދާންދޫ ކައުންސިލަށް އެފައިސާ ދޫކޮށްދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މައްޗަށް ކޯޓު ޢަމުރެއް ނެރެދެއްވުމަށް ދާންދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅާ ދަޢުވާއެކެވެ. އަދި މި ޓްރަސްޓް ފަންޑުގައި ހުރި ހުރިހާ ފައިސާއެއްވެސް ހަމަޖެހިފައިވާ އުޞޫލުތަކާއެއްގޮތަށް ދާންދޫ ކައުންސިލަށް ދޫކުރަމުން ގެންދިއުން މި ޢަމުރުގައި ޝަރުޠު ކުރުމަށްވެސް މި ދައުވާއިން އެދެމެވެ.
2.9- 20 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދާންދޫ ކައުންސިލުން ފޮނުވާފައިވާ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރަށް ފައިސާ ދޫނުކޮށްވާތީ ތަފާތު އެތައްފަހަރަކު ފޯނުންނާއި އަދި މިނިސްޓްރީ އޮފް ފިނޭންސަށް ދާންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންގޮސް ކަމާއި ބެހޭ މުވައްޒަފުންނާއި ބައްދަލުކޮށް ކުރި މަސައްކަތުންވެސް ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާތީ، ނަންބަރ: 410-A/13/2013/05 (02-05-2013) ސިޓީ މެއިލްކޮށް ފޮނުވިފައިވާނެއެވެ. އަދި އެސިޓީ މިނިސްޓްރީ އޮފް ފިނޭންސް ގެ ކަމާއި ބެހޭ މުވައްޒަފުންނަށް ލިބިފައިވޭތޯ ޗެކުކުރުމަށް ދާންދޫ ކައުންސިލްގެ އިދާރާއިން 05-06-2013 ވަނަދުވަހު ބެލިއިރު ލިބިފައިނުވާކަމަށް މުއީނު ކިޔާ ބޭފުޅަކު އެމިނިސްޓްރީން ޖަވާބު ދެއްވުމުން ހަމަ އެދުވަހު 05-06-2013 ވަނަދުވަހު އަނެއްކާވެސް މިސިޓީ މެއިލްކޮށް ފޮނުމަށްފަހު މުއީނުއާއި ދާންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ މުޙައްމަދު ޢަލީ ގުޅައި ޗެކުކުރުމުން އެސިޓީ ލިބިއްޖެ ކަމަށް މުއީނު ވިދާޅުވެފައި ވެއެވެ. އަދި މިސިޓީގައި އިސްވެ ދެންނެވުނު ވައުޗަރަށް 3 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ވެއެވެ.

3- މައްސަލަ ނުވަތަ ދަޢުވާ ސާބިތު ކުރުމަށްޓަކައި ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ތަކެތި
3.1- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ 04/2011 މާލިއްޔަތާއިބެހޭ ސަރކިއުލަރ ގެ ކޮޕީ
3.2- މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ 06/2011 މާލިއްޔަތާއިބެހޭ ސަރކިއުލަރ ގެ ކޮޕީ
3.3- ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 26 ވަނަ މާއްދާއިން އެޤާނުގެ 28 ވަނަ މާއްދާގެ ނިޔަލަށް ޤާނޫނުގެ ސަފުޙާ ނަންބަރ 12 އަދި 13 ގެ ކޮޕީ
3.4- ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުގެ ޓްރަސްޓް ޤާއިމުކުރުމަށް ދާންދޫ ކައުންސިލުން ނިންމި ކަމުގެ ޤަރާރުގެ ކޮޕީ
3.5- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް ހުޅުވައި ދެއްވައި ފޮނުއްވި އެމިނީސްޓްރީގެ ނަންބަރ 13-DA/410/2012/4 (26 ނޮވެމްބަރ 2012) ސިޓީގެ ކޮޕީ
3.6- ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް ގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ކޮޕީ
3.7- ދާންދޫ މަސްމާރުކޭޓުގެ ތިރީބައިގާ ދާންދޫ ކައުންސިލުން ވިޔަފާރި ކުރުމަށްޓަކައި ހަދާފައިވާ ފިޒިބިލިޓީޒް އާއި ބެހޭގޮތުން މަޝްވަރާކޮށް، ޓްރަސްޓް ފަންޑް ކޮމިޓީ އިން ދާންދޫ ކައުންސިލަށް ހުށަހެޅި ލިޔުމުގެ ކޮޕީ
3.8- ދާންދޫ ކައުންސިލްގެ 69 ވަނަ ޢާންމު ބައްދަލުވުމުގެ ނިންމުންތަކުގެ ކޮޕީ
3.9- ދާންދޫ ކައުންސިލްގެ އިދާރާގެ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރުގެ ކޮޕީ
3.10- ދާންދޫ ކައުންސިލްގެ އިދާރާގެ ނަންބަރ: 410-A/13/2013/05 (02-05-2013) ސިޓީގެ ކޮޕީ

4- ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް
4.1 -ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 23 ގެ (ކ) ގެ ދަށުން، ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުމަކީ ކައުންސިލަށް ލިބިގެންވާ ބާރަކަށްވާތީ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ 04/2011 މާލިއްޔަތާއިބެހޭ ސަރކިއުލަރ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ 06/2011 މާލިއްޔަތާއިބެހޭ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ގޮތަށާއި، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް ގެ ޓްރަސްޓް ސްޓޭޓްމަންޓްގެ ޖަދުވަލް އެކެއްގައި މިފަންޑުން ޚަރަދު ކުރެވޭނީ ތިރީގައި މިދަންނަވާ ކަންތައްކަމަށް ވާތީ:-

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް ގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑްގެ ފައިސާ ބޭނުންކުރެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކަށެވެ.:
1- ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑު ދިރުވުމަށްޓަކައި ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުން ކުރުމަށް ފާސްކޮށްގެން ހިންގޭ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް.
2- ދާންދޫގެ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކުގެ ތެރެއިން އެހިނދަކަށް ކުރެވިދާނެ ކަމަށް ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުން ނިންމާ އެކި އެކި ޕްރޮގްރާމްތަކަށް.
ދާންދޫގެ ރައްޔިތުންނަށް ދިމާވާ ނިކަމެތި ޙާލަތްތަކުގައި ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުގެ ނިންމުމާއެކު އެކަމަކަށް ބޭނުންވާ ހޭދައެއް ކުރުމަށް.

4.2- ހަމަ މިއާއެކު މިޓްރަސްޓްފަންޑުގައި ހުރިފައިސާ ޚަރަދުކުރުން ހުއްދަކުރަނީ ތިރީގައި މިދަންނަވާ ގޮތަށްކަމަށް ވާތީއާއި:-
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް ގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑްގެ ޓްރަސްޓް އެކައުންޓުން ކުރުން ހުއްދަ ޚަރަދުތަކަކީ:-
1- ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލް ގެ ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑުން ޚަރަދު ކުރެވޭނީ ދާންދޫ ކައުންސިލުން ދާންދޫ ރައްޔިތުންނަށް ލާބަޔާއި މަންފާހުރި ކަންކަންބަލާ އެކަމަކީ މުޅި ދާންދޫގެ ރައްޔިތުންނަށް ފައިދާވާގޮތަށް ހިގަމުންދާނެ އަދި ހިގާނެ ޕްރޮގްރާމެއްކަމުގައި ކައުންސިލް މެމްބަރުނަށް ޤަބޫލުކުރެވޭ ޚަރަދަކަށްވާ ކޮންމެ ޚަރަދެކެވެ.

4.3- އަދި ހަމަ އެފަދައިން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ޓްރަސްޓް އެކައުންޓެއްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެ މަތީން މެނުވީ، އެޓްރަސްޓް އެކައުންޓަކުން ދަޢުލަތުގެ ފައިސާ ދޫކޮށްގެން ނުވާނެއެވެ. މިހެން ބަޔާންކޮށްފައި ވެއެވެ.
4.4- ހަމަޖެހިފައިވާ ޤަޥާޢިދުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ ނަންބަރ: 13-DA/410/2012/4 (26 ނޮވެމްބަރ 2012) ސިޓީ އިން ދާންދޫ ސޯޝަލް ޑިވެލޮޕްމަންޓް ފަންޑް ގެ ނަމުގައި ފަންޑެއް ހުޅުވައި ދެއްވާފައިވާ ކަމަށް އަންގަވާފައި ވުމުން، އަދި ޓްރަސްޓް ސްޓޭޓްމަންޓް މި ސިޓީއާއެކު ފޮނުއްވައި އަދި މިފަންޑް އިން ފައިސާގެ މުޢާމަލާތް ކުރާއިރު ޕޭމަންޓް ވައުޗަރ ހުންނަންވާނެގޮތް ބަޔާންކޮށްފައި ވުމުން ހަމަޖެހިފައިވާ ޤަޥާއިދުން 20 ޑިސެމްބަރ 2012 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވާފައިވާ ދާންދޫ ކައުންސިލްގެ އިދާރާގެ ނަންބަރ: 410-TF-1/2012/01 ޕޭމަންޓް ވައުޗަރަށް ފައިސާ ޖަމާކޮށްދެއްވުމަށް ކޯޓު ޢަމުރު ނެރުއްވާތާ 5 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ދާންދޫ ކައުންސިލަށް އެފައިސާ ދޫކޮށްދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މައްޗަށް ކޯޓު ޢަމުރެއް ނެރެދެއްވުމަށް ދާންދޫ ކައުންސިލްގެ އިދާރާއިން އެދެމެވެ. އަދި މި ޓްރަސްޓް ފަންޑުގައި ހުރި ހުރިހާ ފައިސާއެއްވެސް ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ދާންދޫ ކައުންސިލަށް ދޫކުރަމުން ގެންދިއުން މި ޢަމުރުގައި ޝަރުޠު ކުރުމަށްވެސް މި ދައުވާއިން އެދެމެވެ.
============================================
ނޯޓް: މިދަޢުވާ ވަނީ 13 ޖޫން 2013 ވަނަ ދުވަހު، ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ވައްދާފައެވެ.
• އަދި މިހާތަނަށް އެއްވެސް ރެކޮމެންޑޭޝަނެއް ލިބިފައި ނުވެއެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2024-02-19)
  • ޕަބްލިކޭޝަންސް: "ކައުންސިލް ފުޓުސަލް ކަޕް 2024"، މުބާރާތުގެ ޤަވާއިދު (2024-03-19)
  • ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
މުދަލު ޒަކާތް ދެއްކުން


ނަމާދު ވަގުތު