Thu, 23 Nov 2017 20:01:20 +0500
`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ

ޞަފްޙާތައް
ޚިދުމަތްތައް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުން
  • ޕޯސްޓްގެ ޚިދުމަތް
  • ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  • އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުދަނގޫ ނުފޯރާނެ ގޮތެއްގެ މަތީން ރަށު ފެންވަރުގައި ކުނި ނައްތާލުން.
  • ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީޓާރމިނަލް ހަދައި ހިންގުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮވާ ގޮތުގެ މަތީން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮށްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮވާ ގޮތުގެ މަތީން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތްތައް ހިންގައި ބެލެހެއްޓުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮވާ ގޮތުގެ މަތީން ޕްރައިމަރީ ހެލްތު ކެއާރ އާއި ޞިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮވާ ގޮތުގެ މަތީން ޕްރީސްކޫލުގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފު ކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަޞީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމް ޤާއިމުކުރުން.
  • އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރު ކުޅޭ ޢާންމު ދަނޑު ތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާންމު ޕާކު ތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގެ ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށް ދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
  • ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޟުނުވާ ގޮތުގެ މަތީން، ރަށުން ބިން ދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތް ކުރުމުގެ ޤަޥާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީ ތަކުން ހަދާފައިވާ އެންމެހާ ޤަޥާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރަށުގައި ޢިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތް ފަރާތުން ރަށުގެ ބިމާގުޅޭ ގޮތުން ހިންގާ ބިމާބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤަނޫނުތަކުގައިވާ ގޮތުގެ މަތީން ބެލެހެއްޓުން.
  • ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށް ދިނުން.
  • މިސްކިތްތައް ބެލެހެއްޓުން.
  • ޤަބުސްތާނު ބެލެހެއްޓުމާއި ކަށު ކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމު ޤާއިމުކޮށްދިނުމާއި، ކަށު ކަމާކެމީގެ ކަންކަން ހަމަޖެއްސުން.
  • އާސާރީ ތަންތައް ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
  • ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަނގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙުތިފާލުތައް ބޭއްވުން.
  • މަގުމަތި ކުނިކެހޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  • ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
  • ޕެސްޓް ކޮންޓްރޯލް ކުރުން.
  • ދިމާވާ ކުއްލި ޙާލަތްތަކުގައާއި ޙާދިޘާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުން.
  • ދިވެހިރާއްޖޭގެ ޤާނޫނާއެއްގޮތްވާ ގޮތުގެ މަތީން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭ ތަކާއި ގެސްޓް ހައުސް ތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބަލައި، އިސްލާޙީ ފިޔަވަޅު އެޅުން.
  • މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗިއްސާއި، އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޒާމްކޮށް ބެލެހެއްޓުމާއި ޢާންމުންގެ އަތުން ފީ ނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުންދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޒާމްކޮށް ބެލެހެއްޓުން.
  • ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
  • ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި، ރަޖިސްޓްރީ ހަދައި ދިނުމާއި ބާޠިލުކުރުން.
  • އަލަށް އުފަންވާ ކުދީންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހި ވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެހެއްޓުން.
  • ރަށު ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނުތަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 18 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2017-10-19)
  • ޕަބްލިކޭޝަންސް: ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު އާންމު ކުރުމާބެހޭ (2017-10-30)
  • ޚަބަރު: ދާންދޫ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ހުވާކޮށް، ރައީސާއި ނާއިބުރައީސަކު އައްޔަންކޮށްފި (2017-06-03)



ނަމާދު ވަގުތު