Mon, 08 Feb 2016 02:30:37 +0500
`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ

ދާންދޫ ކައުންސިލުން ސަރުކާރުގެ އިސްފަަރާތްތަކާއި ބައްދަލުކޮށްފި
ދާންދޫ ކައުންސިލުން ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކޮށްފިއެވެ. ރަށުގެ ކުރިމަގަށް ހުރި ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަންކަން އަވަސް ފުރުޞަތެއްގައި ކުރެވޭތޯ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިތުރުން ބައެއް ކުންފުނިތަކާއެކުވެސް ބައްދަލުވުންތައް ބާއްވާފައި ...
20-01-2016

އިތުރަށް ވިދާޅުވޭ...
ދާންދޫ ކައުންސިލުން ކޮނޑޭގެ 35 ފަރާތަަކަށް އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފޯރުކޮށްދީފި
ދާންދޫ ކައުންސިލުން ކޮނޑޭގެ 35 ފަރާތަަކަށް އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ފޯރުކޮށްދީފި އެވެ. މިއީ ގއ. ކޮނޑޭ ކައުންސިލްގެ އެދުމަކަށް، 19 ނޮވެމްބަރ 2015 އިން 22 ނޮވެމްބަރ 2015 ވަަނަ ދުވަހާ ހަމައަށް ދާންދޫ ކައުންސިލްގެ ވަސީލަތްތައް މެދުވެރިކޮށް ދާންދޫ ...
23-11-2015

އިތުރަށް ވިދާޅުވޭ...
ދާންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ނައިޓްމާކެޓެއް ބާއްވައިފި
މިއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ތަކެތި ލިބޭނެ ގޮތް ހެދުމަށާއި، ވިޔަފާރިވެރިންނަށް އިތުރުފުރުޞަތްތައް ހޯދައި ދިނުމުގެ މަޤްސަދުގައި ދާންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ހިންގާފައިވާ ހަރަކާތެކެވެ. އެގޮތުން މިނައިޓްމާކެޓް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 11، 12، 13 ...
13-06-2015

އިތުރަށް ވިދާޅުވޭ...

ޞަފްޙާތައް
ކައުންސިލްގެ ތަޞައްވުރު
މި ކައުންސިލްގެ ތަޞައްވުރަކީ، ދާންދޫގެ ރައްޔިތުންނަކީ ފެންވަރު ރަނގަޅު، ތަޢުލީމީ، އަދި އެކަކު އަނެކަކަށް އިޙުތިރާމް ކުރާ އަމާން އޮމާންކަމާއެކު އިސްލާމް ދީނާއި އެއްގޮތަށް ދިރިއުޅުމުގެ ޤާބިލުކަން ލިބިފައިވާ ރައްޔިތަކަށްވުމަށް ގުޅިގެން ކުރިމަގު އިތުރަށް އުޖާލާ ކުރުމަށް މަސައްކަތް ކުރާ ރައްޔިތަކަށް ހެދުމެވެ.

ކައުންސިލްގެ މިޝަން
މި ކައުންސިލްގެ މިޝަން އަކީ، ޒަމާނަށް އަންނަ ކޮންމެ ކުރިއެރުމެއް ދަނެގަނެ ތަޢުލީމީ، އިޤްތިޞާދީ ޢުމްރާނީ، އަދި ޞިއްޙީ ގޮތުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި އިޖުތިމާޢީ ގުޅުން ބަދަހިކޮށް އެންމެން އެކީގައި ތަރައްޤީއަށް މަސައްކަތް ކުރާ ރައްޔިތަކަށް ހެދުމަށް ކައުންސިލުން މަސައްކަތް ކުރުމެވެ.

ދާންދޫ
ހުވަދު އަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ދާންދޫއަކީ މި އަތޮޅުގައި އާބާދީގެ ނިސްބަތުން ބަލާއިރު ދެވަނަ ރަށެވެ. ދާންދޫގެ އާބާދީއަކީ 2005 މީހުންނެވެ. އެއީ 1002 އަންހެނުންނާއި 1003 ފިރިހެނުންނެވެ.



ދިގުމިނުގައި 750 މީޓަރު އަދި ފުޅާމިނުގައި 290 މީޓަރު އޮންނަ ދާންދޫ އޮންނަނީ ވެރިކަން ކުރާ ރަށް، މާލެއާއި 394 ކިލޯމީޓަރު ދުރުގައެވެ. އެއީ ޖޯގްރަފީ ގޮތުން ބަލާއިރު އުތުރުން 0.621445 ޑިގްރީ އަދި އިރުން 73.461478 ޑިގްރީއެވެ.

ދާންދޫގައި އިޤުތިޞާދީ މައިގަނޑު މަސައްކަތެއްގެ ގޮތުން ކުރަނީ މަސްވެރިކަމެވެ. މަސްވެރިކަމަށް ޚާއްސަ 7 ދޯންޏެއް ދާންދޫގައި އޮވެއެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 88 ވަނަ އާންމު ބައްދަލުވުމުގެ ނިންމުން (2016-01-24)
  • ޕަބްލިކޭޝަންސް: ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްސްގެ ދަށުން ޤާއިމް ކުރެވޭ ފުޓްސެލްދަނޑާއި ބެހޭ (2015-12-09)
  • ޚަބަރު: ދާންދޫ ކައުންސިލުން ސަރުކާރުގެ އިސްފަަރާތްތަކާއި ބައްދަލުކޮށްފި (2016-01-20)
ނަމާދު ވަގުތު