`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Sun, 22 Mar 2026 12:23:26 +0500
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
ޚަބަރު

ދާންދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
6 އަހަރު 6 މަސް 3 ހަފްތާ ކުރިން | 0 ކޮމެންޓް

ދާންދޫ ކައުންސިލްގެ އައު އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު 16:00 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ގއ. އަތޮޅު ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް އަޙްމަދު ނަޛްމީން އެވެ. މިރަސްމިއްޔާތުގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސް، ގއ. މާމެންދޫ ކައުންސިލްގެ މެމްބަރު، ގއ. ނިލަންދޫ ކައުންސިލްގެ ރައީސް، ގއ. ވިލިނގިލީ ކައުންސިލްގެ މެމްބަރުގެ އިތުރުން އެކިއެކި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ކުރީގެ ކައުންސިލްގެ މެމްބަރުންނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ. ދާންދޫ ކައުންސިލުން ބޭނުންކުރަމުން އައި އިދާރާގެ ޖާގައިގެ ދަތިކަން ފިލުވުމަށްޓަކައި ޕީއެސްއައިޕީގެ ތެރެއިން ލޯކަލްގަވަރމަންޓް އޮތޯރިޓީ މެދުވެރިވެގެން 2015 ވަނަ އަހަރު އިމާރާތް ކުރަން ފެށުނު މިއިމާރާތުގެ ސަބަބުން ދާންދޫ ކައުންސިލުން ދެމުން ގެންދިޔަ ޚިދުމަތްތައް އިތުރަށް ފުރިހަމައަށް ދެވިގެން ދާނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 6700369.40 ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ އިމާރާތެކެވެ. މިއިމާރާތުގެ ބިންގާ އެޅުނީ 06 ޑިސެމްބަރ 2015 ގައެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 232 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2025-10-28)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސަރވިސް ޗާޓަރ (2026-02-19)
  • ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
މުދަލު ޒަކާތް ދެއްކުން


ނަމާދު ވަގުތު