`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Fri, 15 Nov 2019 02:38:08 +0500

ޞަފްޙާތައް
ޚަބަރު

މޯލްޑިވްސް ޕޮލިސް ސަރވިސެސްގެ ފަރާތުން ދާންދޫގައި "ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ސޭފް ޑައިވިންގ އެވެއަރނެސް" ޕްރޮގްރާމްތަކެއް ބާއްވައިފި
7 މަސް 3 ހަފްތާ 6 ދުވަސް ކުރިން | 0 ކޮމެންޓް

މޯލްޑިވްސް ޕޮލިސް ސަރވިސެސްގެ ފަރާތުން ދާންދޫގައި "ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ސޭފް ޑައިވިންގ އެވެއަރނެސް" ޕްރޮގްރާމްތަކެއް ބާއްވައިފިއެވެ. މި މަހުގެ 15 އިން ފެށިގެން 19 އަށް ކުރިއަށް ގެންދެވުނު މި ހަރަކާތްތަކުގެ ބޭނުމަކީ ދާންދޫއަކީ ކުށް މަދު ރައްޔިތުން ދިރިއުޅޭ ރަށަކަށް ހެދުމާއި ދާންދޫގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޑައިވްކުރުމުގައި ރައްކާތެރިކަމާއެކު އެކަން ކުރަން ދަންނަ ބަޔަކަށް ހެދުމެވެ. އެގޮތުން ދާންދޫ ސްކޫލުގެ ދަރިވަރުންނަށް ރީތި އަޚުލާޤު ދަސްކޮށްދިނުމާއި، ބެލެނެވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ދަސްކޮށް ދިނުމާއި، ރަށުގެ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާބެހޭ މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ އަޙުމަދު އެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 95 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-09-12)
  • ޕަބްލިކޭޝަންސް: ދާންދޫ ފުޓްސަލްދަނޑުގެ މަރާމާތް ކުރުމުގެ މަސައްކަތާއި ބެހޭ (2019-11-07)
  • ޚަބަރު: ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ޅ. ނައިފަރު ކައުންސިލުން ކުރެއްވި ދަތުރުފުޅުގައި ދާންދޫއަށް ވަޑައިގެން ދާންދޫ ކައުންސިލާ ބައްދަލުކޮށްފި (2019-11-06)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު