`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Fri, 19 Apr 2024 11:08:22 +0500
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
ޚަބަރު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދާންދޫ ކައުންސިލާ ބައްދަލުކޮށްފި
5 އަހަރު 2 މަސް 1 ހަފްތާ ކުރިން | 0 ކޮމެންޓް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދާންދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ރަށުގެ މިހާރުގެ ހާލަތު ދެނެގަތުމަށާއި، ރަށަށް އިތުރަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރައްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ދައުލަތުގެ އެކިއެކި ވަޒީރުންނާއި އަދި ރަށުގެ އެކިއެކި މުވައްސަސާތަކުން ބޭފުޅުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި، ކައުންސިލްގެ ފަރާތުން ރަށުގެ ތަރައްޤީއަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ކަންކަން ހިއްސާ ކުރެއްވިއެވެ. އެގޮތުން ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ފިލުވުމަށްޓަކައި ބިން ބޭނުންވާ ކަމާއި، ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ ގޮތުން ހުރަސް ޖެޓީއަށް ލަފާފުރޭގޮތް ހެދުމުގެ އިތުރަށް އިތުރު ބަނދަރެއް ބޭނުންވާ ކަމާއި، ވާރޭ ވެހޭ ދުވަސްތަކުގައި ރަށުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ޤާއިމު ކުރުމާއި، ސްކޫލުގެ ވަށާ ފާރު ރޭނުމާއި، ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ރަށުގެ ނަރުދަމާ ނިޒާމާއި ގުޅާނުލެވިހުރި ތަންތަން ގުޅާލުމާއި، ސިއްޙީ މަރުކަޒުގެ ޖާގަ އާއި ވަސީލަތްތަކާއި މުވައްޒަފުން އިތުރުކޮށްދިނުމާއި، ސްޕޯޓްސް އެރީނާގެ ދަށުން ހަދަންޖެހޭ ފުޓްބޯޅަ ދަނޑު ހެދުމާއި، ޒުވާނުންގެ މަރުކަޒު އަޕްގްރޭޑްކޮށްދީ ވަސީލަތްތައް ގާއިމު ކުރުމާއި، ޤުރުއާނާ ބެހޭ މަރުކަޒެއް ޤާއިމު ކުރުމާއި، ރަށުގައި ބެންކެއް ޤާއިމު ކުރުމާއި، ކުނި އުކާލުމުގެ ޕްރޮގްރާމަށް ދިމާވެފައިވާ މައްސަލަތަކާއި، ރަނގަޅު ނިޒާމެއްގެ ތެރެއިން މިކަން ހައްލުވާނެ ގޮތެއް ހެދުމާއި، ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލު ކުރުމާއި، ރަށަށް ދިމާވެފައިވާ އެކިއެކި އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމާމެދު މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގެ ނާއިބުރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން އެދިލެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އެކިއެކި މުވައްސަސާތަކާއި ގުޅިގެން، އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށާއި، އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށްޓަކައި، މުވައްސަސާތަކާއި ކައުންސިލާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ލަފާ ދެއްވިއެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2024-02-19)
  • ޕަބްލިކޭޝަންސް: "ކައުންސިލް ފުޓުސަލް ކަޕް 2024"، މުބާރާތުގެ ޤަވާއިދު (2024-03-19)
  • ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
މުދަލު ޒަކާތް ދެއްކުން


ނަމާދު ވަގުތު