`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Sat, 20 Apr 2024 08:58:47 +0500
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
ޚަބަރު

ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދާންދޫ ކައުންސިލުން ޖަލްސާއެއް ބާއްވައިފި
5 އަހަރު 2 މަސް 1 ހަފްތާ ކުރިން | 0 ކޮމެންޓް

ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދާންދޫ ސްކޫލާއި ގުޅިގެން ދާންދޫ ކައުންސިލުން ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާ އޮތީ ދާންދޫ ސްކޫލްގެ ހޯލުގައެވެ. މިޖަލްސާގައި، ރަށުގެ އެކިއެކި މުވައްސަސާތަކުގެ އިތުރުން ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިންވެސް ވަނީ ބައިވެރިވެފައެވެ. މި ޖަލްސާގައި ދުވަހާ ގުޅޭގޮތުން ތަފާތު އައިޓަމްތަކެއް ހުށަހެޅިގެން ދިޔައެވެ. އެގޮތުން ސްކޫލު ދަރިވަރުން ވަނީ ދުވަހާގުޅޭ ޚާއްސަ ލަވައެއް ހުށަހަޅާފައެވެ. މީގެ އިތުރުން ދުވަހާގުޅޭގޮތުން ސްކޫލުގެ ދަރިވަރަކު ވަނީ ދުވަހާ ގުޅޭގޮތުން ތަފާތު މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. އަދި ކައުންސިލްގެ ފަރާތުން ޒިންމާދާރުވެރިޔާ މުޙައްމަދު އަލީ އަދި ކައުންސިލްގެ ރައީސް ވަނީ ދުވަހާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މުހިންމު ކަމާއި، މިފަދަ ދުވަސްތަކުން ލިބިގަންނަންވީ އިބުރަތްތަކާއި ކުރިއަށް އޮތްތާނގައި އަދުގެ ޒުވާނުން ޤައުމަށްޓަކައި ކަންކަން ކުރަންވީގޮތުގެ މައުލޫމާތު ހިއްސާކޮށްދެއްވިއެވެ. މި ޖަލްސާ ނިމިގެން ދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމުންނެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2024-02-19)
  • ޕަބްލިކޭޝަންސް: "ކައުންސިލް ފުޓުސަލް ކަޕް 2024"، މުބާރާތުގެ ޤަވާއިދު (2024-03-19)
  • ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
މުދަލު ޒަކާތް ދެއްކުން


ނަމާދު ވަގުތު