Thu, 23 Nov 2017 20:00:55 +0500
`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ

ޞަފްޙާތައް
ޚަބަރު

ދާންދޫ ކައުންސިލުން ސަރުކާރުގެ އިސްފަަރާތްތަކާއި ބައްދަލުކޮށްފި
1 އަހަރު 10 މަސް 3 ދުވަސް ކުރިން | 0 ކޮމެންޓް

ދާންދޫ ކައުންސިލުން ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކޮށްފިއެވެ. ރަށުގެ ކުރިމަގަށް ހުރި ގޮންޖެހުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަންކަން އަވަސް ފުރުޞަތެއްގައި ކުރެވޭތޯ ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިތުރުން ބައެއް ކުންފުނިތަކާއެކުވެސް ބައްދަލުވުންތައް ބާއްވާފައި ވެއެވެ. 17 ޖެނުއަރީ 2016 އިން 20 ޖެނުއަރީ 2016 އަށް ބޭއްވި މިބައްދަލުވުންތަކުގައި ދާންދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ކައުންސިލްގެ ނާއިބުރައީސް އިޤްބާލް ޢަބްދުﷲ، ކައުންސިލްގެ މެމްބަރު އިސްމާއީލް މުޙައްމަދު، ކައުންސިލްގެ މެމްބަރު ޝުޢައިބް ޢަބްދުﷲ އަދި ކައުންސިލްގެ ޑިރެކްޓަރ / ޒިންމާދާރުވެރިޔާ މުޙައްމަދު އަލީ އެވެ. މީގެ އިތުރުން ގއ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ހުސައިން އާދަމްވެސް މިދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 18 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2017-10-19)
  • ޕަބްލިކޭޝަންސް: ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު އާންމު ކުރުމާބެހޭ (2017-10-30)
  • ޚަބަރު: ދާންދޫ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ހުވާކޮށް، ރައީސާއި ނާއިބުރައީސަކު އައްޔަންކޮށްފި (2017-06-03)ނަމާދު ވަގުތު