`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Fri, 19 Apr 2024 21:41:44 +0500
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
ޚަބަރު

ދާންދޫގައި އަލަށް ހިއްކި ސަރަހައްދުން އެއްފަހަރާ 100 ގޯތި ދޫކޮށްފި
10 އަހަރު 9 މަސް 1 ހަފްތާ ކުރިން | 0 ކޮމެންޓް

މިއީ ދާންދޫގައި ގެދޮރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ މިކަމަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ދާންދޫ ކައުންސިލުން ނުހަނު އިސްކަމެއް ދީގެން ކޮށްފައިވާ ކަމެކެވެ. 5 ޖުލައި 2013 ވަނަ ދުވަހުގެ ރޭ ގއ. ދާންދޫ ސްކޫލް ހޯލުގައި މިގޯތިތަކުގެ ގޯތި ބްލޮކް ނަންބަރު ނެގުމަށް ވަނީ ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތީގެ ބްލޮކް ނަންބަރު ކަށަވަރު ކުރުމަށް ގުރުއަތުލެވި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ވަނީ އެފަރާތްތަކަށް ދެވިފައެވެ. މިއީ އެއްފަހަރާ މިހާ ގިނައަދަދެއްގެ ގޯތި މިރަށުން ދޫކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. އަދި މިރަށަކީ މިހާރުވެސް ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ވަރަށް ގިނަ ފަރާތްތަކުން ބޯހިޔާވަހިކަމަށް ބޭނުންވާ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. މި ސަތޭކަ ގޯތި ދޫކުރުމާއެކު މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް އަންނާނެކަމަށް ދެކެމެވެ. އަދި މީގެ ކުރިން 7 ޑިސެމްބަރު 2012 ވަނަ ދުވަހު 25 ގޯތި ދޫކޮށް އެގޯތިތަކުގެ ވެރިންނަށް އެގޯތިތައް ހަވާލު ކުރެވިފައި ވެއެވެ. ގޯތި ލިބުނު މީހުންނާއި ސުވާލު ކުރުމުން އެމީހުންގެ އެންމެ ބޮޑު އުންމީދަކަށް ވަނީ ދިގު މުއްދަތުގައި ނަމަވެސް ފައިސާ ދައްކާ ޚަލާސް ކުރާ ގޮތަށް މި ގޯތިތައް އިމާރާތް ކުރެވޭނެ ދުވަހަކަށެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 4 ވަނަ ދައުރުގެ 142 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2024-02-19)
  • ޕަބްލިކޭޝަންސް: "ކައުންސިލް ފުޓުސަލް ކަޕް 2024"، މުބާރާތުގެ ޤަވާއިދު (2024-03-19)
  • ޚަބަރު: މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ދާންދޫ ކައުންސިލްގެ އިދާރާގައި ބާއްވައިފި (2020-07-26)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް
މުދަލު ޒަކާތް ދެއްކުން


ނަމާދު ވަގުތު