`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:45:20 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން، ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމަށް އެދި ހުއްދަ ހޯދުމަށާއި އެ ޙަރަކާތްތައް ބޭއްވުމަށް ކައުންސިލްތަކުން ހުއްދަ ދިނުމުގައި ރިޢާޔަތްކުރަންޖެހޭނެ ކަންތައް ކަނޑައެޅުމުގެ ޤަވާޢިދެވެ.
(ށ) މި ޤަވާޢިދަށް ކިޔާނީ "ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މިޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމުގެ ހުއްދަ 4. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ އެއްވެސް ޙަރަކާތެއް ބޭއްވޭނީ މި ޤަވާޢިދުގެ ދަށުން ކައުންސިލުން ޢާއްމުކުރާ އުޞޫލެއްގެ ދަށުން އެކަންކަމަށް ނެގުމަށް ކަނޑައަޅާ ފީ އެއް އެޙަރަކާތެއް ބޭއްވުމަށް އެދޭ ފަރާތުން ކައުންސިލަށް ދައްކާ ކައުންސިލުން ހުއްދަދިނުމުންނެވެ.
ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުން 5. ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް ބޭއްވުމަށް ރާވާ ހިންގާ ފަރާތުން ތިރީގައިވާ މަޢުލޫމާތުތައް ހިމެނޭ ގޮތުގެ މަތިން ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުން ކައުންސިލުން އެ ހުއްދަ އެ ފަރާތަކަށް ދެވިދާނެއެވެ.
(ހ) މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމަށް އެދޭ ތަން،
(ށ) ޙަރަކާތްތައް ބޭއްވުމަށް އެދޭ މުނާސަބަތާއި މަޤްޞަދު،
(ނ) އެ ޙަރަކާތްތައް ބޭއްވުމަށް އެދޭ ދުވަސް ނުވަތަ ދުވަސްތަށް،
މުނިފޫހިފިލުވުމުގެ ޙަރަކާތް ބޭއްވުމަށްފަހު ތަން ސާފުކުރުން 6. (ހ) މި ޤަވާޢިދުގެ ދަށުން ހުއްދަނަގައިގެން މުނިފޫހިފިލުވުމުގެ ޙަރަކާތް ބާއްވާ ފަރާތުން، އެ ޙަރާކާތްތައް ބާއްވާ ނިމުމުން އެ ޙަރަކާތްތައް ބޭއްވުމަށް ދޫކުރެވިފައިވާ ތަން އެ ފަރާތާ ޙަވާލުކުރެވުނުއިރު ހުރި ގޮތަށް ސާފުކުރުމަށްފަހު ކައުންސިލަށް އަންގަންވާނެއެވެ.
(ށ) މި ނަންބަރުގެ (ހ) ގެ ދަށުން އެ ޙަރަކާތްތައް ބޭއްވި ތަން ސާފުނުކޮށްފައިނުވާނަމަ، އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު އެ ފަރާތަކުން ހޯދުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
ޤަވާޢިދާ ޚިލާފުވުން 7. މި ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު މި ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
ޖޫރިމަނާކުރުން 8. (ހ) މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ ދަށުން ކައުންސިލުން ހުއްދަ ނުނަގައި ބާއްވާ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހުއްޓުވުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި އެފަދަ ޙަރަކާތްތައް ބޭއްވި ފަރާތެއް -/1000 (އެއްހާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ ދަށުން ކައުންސިލުން ހުއްދަނެގުމަކާނުލައި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމުގެ ސަބަބުން ކައުންސިލުން އެފަރާތެއް ޖޫރިމަނާކޮށްފައިވަނިކޮށް، އެފަރާތަކުން ހުއްދައަށް އެދޭނަމަ އެފަރާތައް ހުއްދަދެވޭނީ މި ނަންބަރުގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމުންނެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 9. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 10. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ) ޢާންމު ތަންތަން: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޢާއްމު ތަންތަން ކަމަށް ބުނެފައި އެވަނީ ރަށުގެ ޢާންމު މަގުތައް ފިޔަވާ ޕާރކް އަދި ދަނޑު ފަދަ ހާމަކޮށް އޮންނަ ތަންތަނަށެވެ.
(ނ) މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ކަމަށް ބުނެފައި އެވަނީ މިއުޒިކް ޝޯ އާއި ސްޓޭޖް ޝޯ، ޑްރާމާ އަދި ފެސްޓިވަލް ފަދަ ކަންކަމަށެވެ.
(ރ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު