`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:26:28 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޖ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ކައުންސިލްތަކުން ދޫކުރާ ހުއްދަ 4. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކައުންސިލްތައް ޢައްޔަން ކުރެވުމުން މިޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތަށް ކައުންސިލްތަކުން އެކައުންސިލަކުން ދޫކުރުމަށް ކަނޑައަޅާފައިވާ ހުއްދަތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ހުއްދައަށް އެދި ހުށަހަޅާފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފު ނުވާނެ ގޮތެއްގެ މަތިން ދޫކުރަންވާނެއެވެ.
ކައުންސިލުން ދޫކުރާ ހުއްދަތައް 5. (ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހުއްދަތައް ކަމާއި ބެހޭ މިނިސްޓްރީއާއި ގުޅިގެން ރައްޔިތުންނަށް ލިބޭނެ ގޮތް ކައުންސިލުން ތަނަވަސް ކޮށްދޭންވާނެއެވެ.
  1. ޢާއްމުތަންތަނުގައި ނުވަތަ ދިވެހިރާއްޖޭގައި ދޫނި ސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅުމަށްޓަކައި، ރަށުގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމާބެހޭ ޤަވާޢިދުގެ ދަށުން ހުއްދަ ނަގަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ބާވަތްތަކުގެ ޖަނަވާރާއި ދޫނި ސޫފާ ސޫފި ގެންގުޅުމަށް ދޫކުރާ ހުއްދަ.
  2. ޢާއްމުތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކަށް، ރަށުގެ ޢާއްމުތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާއި ބެހޭ ޤަވާޢިދުގެ ދަށުން ދޫކުރަން ޖެހޭ އެންމެހާ ހުއްދަތައް.
  3. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދުގެ ދަށުން ދޫކުރަން ޖެހޭ ހުއްދަތައް.
  4. ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ހުއްދަނަގަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ހުއްދަތައް.
  5. ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ކުރެހުމަށް ނުވަތަ ލިޔުމަށް ކަނޑައަޅައިފައިވާ ތަކެތި ކުރެހުމަށް ނުވަތަ ލިޔުމަށް ދޫކުރާ ހުއްދަ.
  6. މަގުމަތީގައި ގާޑިއާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ.
  7. ވަގުތީގޮތުން މަގު ބަންދުކުރުމުގެ ހުއްދަ.
  8. މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމުގެ ހުއްދަ.
  9. މަގު ހުރަސްކޮށް ސަޕްލައި ގެންދިއުމާއި މަގު ހުރަހަށް ބެނާފަދަ ތަކެތި ދެމުމުގެ ހުއްދަ.
  10. ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނެގުމުގެ ހުއްދަ.
  11. މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދުގެ ދަށުން ފާރު ތަޅާލުމާއި ރޭނުމުގެ ކުރިން ނަގަންޖެހޭ ހުއްދަ.
  12. ގޯތި ގެދޮރުގައި އިމާރާތްކުރުމަށް ދޫކުރާ ހުއްދަ.
  13. ޢިމާރާތް ކުރުމަށް ކުރެހުން ފާސްކުރިކަމަށްދޫކުރާ ހުއްދަ.
  14. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި އެކަންކަމަށް ދޫކުރަން ޖެހޭ ހުއްދަ އެކަމަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ނުވާ ގޮތެއްގެމަތިން ދޫކުރާ ހުއްދަ.
  15. ކިޔަވާދޭ ތަންތަނުގެ ރަޖިސްޓްރީއާއި އެފަދަ ތަންތަނަށް ޤާނޫނު ލާޒިމް ކުރާ ހުއްދަތައް ޤާނޫނު ލާޒިމްކުރާ ގޮތެއްގެ މަތީން ދޫކުރާ ހުއްދަ.
  16. ރެސްޓޯރެންޓާއި ހޮޓާފަދަ ތަންތަން ރަޖިސްޓްރީ ކުރުމާއި ސާފްޠާހިރުކަމާއި ޞިއްޙީ ކަންތައްތައް ބެލެހެއްޓުމާއި އެކަންކަމަށް ކަނޑައަޅާ އުޞޫލުގެ ދަށުން ދޫކުރާ ހުއްދަ.
  17. ޢާއްމު ވިޔަފާރީގެ ހުއްދަ.
  18. ޚާއްޞަ ޙާލަތްތަކުގައި ކުނި އުކުމަށް ދޫކުރާ ހުއްދަ.
  19. ޚާއްޞަ ދުވަސްދުވަހާއި މުނާސަބަތުތަކާއި ގުޅިގެން ދޫކުރާ ހުއްދަތައް.
  20. ތެލާއި ގޭސް ވިއްކުމުގެ ހުއްދަ.
  21. ކަމާބެހޭ އިދާރާގެ އިރުޝާދުގެ މަތިން ބޭހާއި ކެމިކަލް ވިއްކުމަށް ދޫކުރާ ހުއްދަ.
  22. ބިދޭންސީން ގެންގުޅުމުގެ ހުއްދަ.
  23. ހޮޓާ ގެސްޓްހައުސް ހިންގުމުގެ ހުއްދަ.
  24. ކުންފުނި، ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް ރަޖިސްޓްރީ ކުރުން.
  25. އައިޑީކާރޑާއި ޕާސްޕޯރޓްގެ ޚިދުމަތް ފޯރުކޮށްދިނުން.
  26. އެއްގަމު ލައިސަންސްއާއި ކަނޑުގެ ލައިސަންސް ދޫކުރުން.
  27. ކަނޑުދަތުރުފަތުރުގެ ސަލާމަތީ ދޫކުރުން.
  28. ބަރުމަރުކާއާއި ކަނޑުދަތުރު ފަތުރުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ނަގަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ހުއްދަތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ އިތުރުން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއާއި އަދި ޢާއްމުކޮށް މިޤާނޫނާއި މިޤާނޫނުގެ ދަށުން އެކުލަވާލެވޭ އެންމެހާ ޤަވާޢިދުތަކުގެ ދަށުން ދޫކުރަންޖެހޭ އެންމެހާ ހުއްދަތަކާއި އެހެނިހެން ޤާނޫނުތަކުން ދޫކުރުމަށް ކައުންސިލަށް ލާޒިމް ކުރާ އެންމެހާ ހުއްދަތައް އަތޮޅު ކައުންސިލުގެ މަޝްވަރާގެ މަތިން ދޫކުރުމަކީ، ކައުންސިލުގެ ޒިންމާއެކެވެ.
ހުއްދަ ދޫކުރުމަށް މުއްދަތު ކަނޑައެޅުން 6. މިޤަވާޢިދުގެ 5 ވަނަ ނަންބަރުގެ (ހ) އާއި (ށ) ގައި ބުނެފައިވާ ހުއްދަތައް ދޫކުރުމަށް ހުށަހަޅަން ޖެހޭ ތަކެއްޗާއި ހުއްދަ ދޫކުރާނޭ މުއްދަތު ކަނޑައަޅާ ޢާއްމު އުޞޫލެއް ކައުންސިލުން ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 7. މިޤާވާޢިދުގެ 6 ވަނަ ނަންބަރުގައި ބުނެފައިވާ ހުއްދަތަކުގެ އިތުރުން މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން އުޞޫލުތައް ކަނޑައަޅަންވާނެއެވެ.
މާނަ ކުރުން 8. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ސިޓީ ކައުންސިލާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު