`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:21:59 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ޢާއްމު އުނދަގުލާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން1.(ހ)މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޕ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ޢާއްމު އުނދަގުލާބެހޭ ޤަވާޢިދެވެ.
(ށ)މިޤަވާއިދަށް ކިޔާނީ "ޢާއްމު އުނދަގުލާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު2.މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން3.މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
މީހުންގެ ޒާތީ ދިރިއުޅުން4.(ހ)ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި އަނެކުންނާ ކުރާ ޒާތި މުއާސަލާތު ތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ކަށަވަރުކުރާހިނދު، ހަމަ ކޮންމެ މީހަކުމެ އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ.
(ށ)އެއްވެސް މީހަކު އެއްވެސް މާނައެއްގައި އަނެކަކަށް ތުރާކޮށް އުނދަގޫކޮށްގެން ނުވާނެއެވެ. އަދި ތިމާއަށް ލިބިގެންވާ ޙައްޤުތައް ބޭނުންކުރަންވާނީ އަނެކާގެ ޙައްޤުގެ ދާއިރާގެ ތެރެއަށް ނުވަދެވޭ މިންވަރަށެވެ.
އަވައްޓެރިންނަށް އުނދަގޫކުރުން5.މީހަކު ނުވަތަ ގިނަމީހުންތަކެއް އެކުވެގެން ނަމަވެސް، އެމީހެއްގެ ނުވަތަ އެބައެއްގެ އަވަށްޓެރިއަކާމެދު ތިރީގައި ބަޔާން ކުރާ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.
(ހ)ފޮށުން
(ށ)އަވަށްޓެރިޔާ ނުވަތަ އަވައްޓެރިންގެ ގެޔަށް އެއްޗެހި އުކުން
(ނ)އަވަށްޓެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ މަގުމަތީގެ ސަލާމަތަށް ނުރައްކާވާފަދަ ގޮތެއްގައި އިންޖީނުލީއެއްޗެހި ދުއްވުން.
(ރ)މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެއްވެސް ޢަމަލެއް ހިންގާ އުނދަގޫ ކުރުން
(ބ)މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާތަކެތީގައިދާ މީހުންނާއި ބެހި ފޮށުން.
6.(ހ)މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެންނަމަވެސް މަގުމަތީގައި ހިނގައި ބިނގައިވާ މީހުންނާ ފޮށި ބިރުދައްކައި، ގަޔަށް އަތްލައި، މީހަކަށް ނުވަތަ ޢާއްމުކޮށް މީހުންނަ ފެންނަ ގޮތަށް ޖިންސީ ގުނަވަނެއް ހާމަކޮށް ނުވަތަ ޖިންސީ ޙަރަކާތެއް ސިފަކޮށްދޭ ޢަމަލެއް ކުރުމާއި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެފަދަ ޢަމަލެއް މަގުމަތީގައި ނުވަތަ ޢާއްމު ތަނެއްގައި ކޮށްގެން ނުވާނެއެވެ.
(ށ)އެއްވެސް މީހަކު ޢާއްމުތަންތަނަށް ކުޑަކަމުގޮސް ނުވަތަ ޤަޟާޙާޖާކޮށް، އެތަނުގައި ނުވަތަ ތަނުގެ ވެށީގައި އެފަދަކަމެއްގެ ސަބަބުން ޢާއްމުންނަށް އުނދަގޫވާފަދަ އެއްވެސް ޢަމަލައް ކޮށްގެން ނުވާނެއެވެ.
އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ލަވަޖަހައި ޓީވީ ބެލުން7.(ހ)ގޯތި ގެދޮރާއި ޢިމާރާތްތަކުގައި، އަވަށްޓެރިންނަށް އުނދަގޫވާތޮތަށް، ބާރަށް ލަވަޖަހައި ނުވަތަ އަވަށްޓެރިންނަށް އުނދަވާގޮތަށް ޓީވީގެ އަޑުބާރުކޮށްގެން ޓީވީ ބެލުމާއި އަވައްޓެރިންނަށް އުނދަގޫވާގޮތަށް އޭގެ ޢާއްމު ބޭނުމުގައި އަޑުގަދަ ކުރާ ޒާތުގެ އެއްޗެއް، ބޭނުން ކޮށް އަޑުގަދަކޮށްގެން ނުވާނެއެވެ.
(ށ)ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ނުވަތަ ކޮފީ ޝޮޕެއް ނުވަތަ ސައި ހޮޓަލެއް ނުވަތަ ކުޅިވަރު ކުޅޭތަނެއް ނުވަތަ އެނޫންވެސް، މީހުން މުނިފޫހި ފިލުވުމަށް ގޮސް އުޅޭތަނެއްގައި ކައިރި ހިސާބުތަކުގެ މީހުންނަށް އުނދަގޫވާގޮތަށް ބާރަށް ލަވަޖަހައި ޓީވީ ބަލައިގެން ނުވާނެއެވެ.
އަޑުގަދަ މެޝިނަރީތައް ބޭނުން ކުރުން 8.ސަރުކާރު ކަމާއިބެހޭ އިދާރާއަކުން ހުއްދަލިބިގެން ނޫންގޮތަކަށް ރޭގަނޑު 12.00 ގެ ފަހުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަޑުހުންނަ އެއްވެސް ބާވަތެއް މެޝިނަރީއެއް ނުވަތަ މެޝިނެއް ބޭނުން ކޮށްގެން ނުވާނެއެވެ.
ކުނި އުކަން ޚާއްޞަކުރެވިފާތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުން9.(ހ)ކުނި އުކަން ޚާއްޞަ ކުރެވިފައިވާ ތަންތަން ފިޔަވައި އެނޫންތަނަކަށް ކުނި އުކައިފިނަމަ، އަދި އެއްތަނުން އަނެއްތަނަށް ކުނިގެންދާއިރު ކުނިބުންޏާއި ކުނިވެފައިވާ ތަކެތިން އާއްމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ނިވައިކޮށްގެން ނޫން ގޮތަކަށް މީހެއްގެ އަތުންވިޔަސް ނުވަތަ ދުއްވާއެއްޗެއްގައިވިޔަސް އެބާވަތުގެ އެއްވެސް އެއްޗެއް ގެންގޮސްގެން ނުވާނެއެވެ.
(ށ)ކުނި އުކަން ކަނޑައަޅައިފައިވާ ތަންތަނަށް ކުނި އުކައިނުލައި އަވަށްޓެރިންނަށް ކުނިވެފައިވާ ތަކެތީގެ ވަސްދުވާ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ. އަދި ޢިމާރާތްތަކުގެ ވައިގޮޅިއަށާއި ޢާންމުކޮށް ގިނަ ބަޔަކު ދިރިއުޅޭ ޢިމާރާތްތަކުގައި ޢާއްމުކޮށް ބޭނުންކުރުމަށް ކަނޑައެޅިފައިހުންނަ ލިފްޓް ނުވަތަ ސިޑި ނުވަތަ ގޯޅިތަކަށް ކުނިއަޅައިގެން ނުވާނެއެވެ.
މަގު މަތި ހަޑިކުރުން10.(ހ)މަގުމައްޗަށާއި މަގުމަތީ ކުނި އެޅުމަށް ނޫންގޮތެއްގައި ބަހައްޓާފައި ހުންނައެއްޗަކަށް ކުނިފަދަ ތަކެތި އުކައި ހަދައިގެން ނުވާނެއެވެ.
(ށ)މަގުމައްޗަށާއި، މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެއްޗަށާއ ޢިމާރާތްތަކުގެ ފާރަށް ނުވަތަ އިންފާރަކަށް އެތަނެއް ހަޑިވާގޮތަށް ކުޅު ޖަހައިގެން ނުވާނެއެވެ.
ހިނގާބިނގާ ވާ މީހުންނަށް އުނދަގޫވާ ގޮތަށް ޢާއްމު މަގުތަކުގައި ކުޅިވަރު ކުޅުން 11.(ހ)ޢާއްމު މަގުތަކުގައި އެމަގުތަކުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް ކަމާއި ބެހޭ ފަރާތުގެ ހުއްދަނެތި މަގު ބަންދު ކުރުމާއި އެމަގުތަކުން ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް އެއްވެސް މާނައެއްގައި ދަތިވާ ގޮތަށް ކުޅިވަރު ކުޅެ ނުވަތަ ކުޅިވަރު ބާއްވައިގެން ނުވާނެއެއެވެ.
(ށ)މަގުތަކުގައި ހިނގާފައި އުޅޭ ޢާއްމުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް އަދި މަގު ބަންދުވާގޮތަށް މަގުތަކުގައާއި މަގުތަކުގެ ކަންމަތިތަކުގައި ފަރުދީގޮތުންނާއި ޖަމާޢީ ގޮތުން ތިބެގެންނުވާނެއެވެ.
ދުން އަރާގޮތަށް ގޯތި ގެދޮރުގައި އަލިފާން ރޯކުރުމާއި ކުނި އެންދުން12.އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އެކަށީގެން ނުވާ ގޮތަކަށް އަލިފާން ރޯކޮށް އެއަލިފާނުގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާނަމަ، އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
އެއްވުންތަކުގައި އަޑުގަދަކުރުން13.(ހ)ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން އެއްވެ އުޅުމުގެ މިނިވަންކަންދީފައިވީ ހިނދު އެޙައްޤު ބޭނުން ކުރަންވާނީ ޤާނޫނުގެ އަސާސީގެ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި އެހެނިހެން ފަރުދުންގެ ޙައްޤުތަކާއި ތަޢާރުޟްނުވާނެ ގޮތެއްގެ މަތީންނެވެ.
(ށ)ޢާއްމު އެއްވުމަކީ މީހުން އުޅޭ ސަރަޙައްދެއްގައި ބޭއްވޭ އެއްވުމެއްނަމަ، އެއެއްވުން ބާއްވަންވާނީ ސުލްޙަވެރިކަމާއެކުގައި ޢާއްމުކޮށް އެހެން ރައްޔިތުންނަށް އުނދަގޫ ނުފޯރާނެގޮތެއްގެ މަތިންނެވެ. އަދި އެފަދަ އެއްވުމެއްގައި ރޭގަނޑު 12.00ގެ ފަހުން އަޑުގަދަ ކުރާ ބޭނުންކޮށް ނުވަތަ، އެސަރަޙައްދެއްގައި ދިރިއުޅޭ ޢާއްމުންނަށް އުނދަގޫވާނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެންނުވާނެއެވެ.
(ނ)ވަކި ފަރުދަކު ނުވަތަ ބަޔަކު ނުވަތަ ގްރޫޕަކުންނަމަވެސް ރޭގަނޑުގެ 12.00 ގެ ފަހުން ޢާއްމުތަންތަނާއި މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ހަޅޭއްލަވާ އަޑުގަދަކޮށް ހަދައިގެން ނުވާނެއެވެ.
ބަރުގޮން އެޅުން14.ޢާއްމުކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުރައްކާތެރި ޙާލަތެއް މެދުވެރިވެގެން ބަރުގޮނު އެޅުން ނޫން ގޮތަކަށް ރޭގަނޑު 12.00 ގެ ފަހުން އެހެން ފަރުދުންނަށް އުދަގޫވާނެހެން ބަރުގޮން އެޅުމާއި ދުއްމާރިފަދަ އެއްޗެހި ބޭނުންކޮށްގެން ނުވާނެއެވެ.
ދުވާރުމަތީގައި އެއްގަމު އުޅަނދެއް ދުއްވުން15.އެއްގަމު ދަތުރުފަތުރުގެ ނިޡާމުގެ ތެރޭގައި ބޭނުން ކުރާ އެއްވެސް އުޅަނދެއް ދުވާރު މަތީގައި ދުއްވުމަކީ މަނާކަމެކެވެ.
މަގުތަކުގައި ތަކެތި ބެހެއްޓުން16.(ހ)މަގުގައި ހިނގާ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި، އެމަގުގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
(ށ)މިނަންބަރުގެ (ހ)ގައި އެހެން އޮތްނަމަވެސް ޚާއްޞަ ބޭނުމަކަށް ކައުންސިލްގެ ހުއްދައާއެކު މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ޤަވާޢިދާއި ޚިލާފުނުވާގޮތެއްގެ މަތީން މުދާ ނުވަތަ އެއްޗެއް ބަހައްޓާފައި ހުންނަ ބެހެއްޓުން މިނަންބަރުގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.
ޤަވާދާ ޚިލާފުވުން17.މިޤަވާޢިދުގައި ހިމެނިފާވާކަމެއްގައި އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި، އެކުރިކަމެއް އިޞްލާޙްކުރުމަށް އެންގުމާއިއެކު ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/100 (ސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން މައްސަލަ ހުށަހެޅުން18.މިޤަވާޢިދުގައި ހިމެނޭ މައްސަލަތައް ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ނުވަތަ ތަންފީޛީ އިދާރާތައް މެދުވެރިކޮށް މިޤަވާޢިދުގައި ބުނެފައިވާގޮތަށް މައްސަލަތައް ޙައްލުކުރަންވާނެއެވެ. އަދި މިޤަވާޢިދުގެ ދަށުން ހުށަހެޅޭ މައްސަލަތައް ނިންމާނީ އިދާރީގޮތުންނެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް19.މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަ ކުރުން20.(ހ)ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ)ޢާއްމު އުނދަގޫ: މިޤަވާޢިދުގައި ޢާއްމު އުނދަގޫކަމަށް ބުނެފައިވަނީ ކުރާ ކޮންމެ ޢަމަލަކުންވިޔަސް ޖިސްމާނީ ގޮތުން އަނިޔާއެއް ނުވަތަ ހާނީއްކައެއް މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބުން ފިޔަވައި އަނެކާއަށް އިޙްސާސް ކުރެވޭ ނުވަތަ ލިބޭ ކޮންމެ އުނދަގުލަކަށެވެ.
(ނ)ފޮށުން: މިޤަވާޢިދުގައި ފޮށުންކަމަށް ބުނެފައިވަނީ މީހަކު ރުޅިއެރުވުމަށް ނުވަތަ ޖެއްސުމަށް މީހަކާ ބެހިގަނެގެން އެއްޗެހި ކިޔާ ކިއުމަށެވެ.
(ރ)އަވަށްޓެރިޔާ: މިޤަވާޢިދުގައި ވަކިތަނެއްގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކުރެވިފައ ނުވާނަމަ، އަވަށްޓެރިންނަކީ، ތިމާ ދިރިއުޅޭ ގޭގެ ކައިރީގައި ވަށައިގެން ދިރިއުޅޭ މީހުން ނުވަތަ، ތިމާ މަސައްކަތް ކުރާ ތަނެއްގައި ކައިރީގައި އުޅޭ މީހުން ނުވަތަ ތިމާ އުޅޭ ސަރަޙައްދުގައި ދިރިއުޅެމުންދާ ކޮންމެ މީހެކެވެ.
(ބ)ޢާއްމުތަންތަން: މި ޤަވާޢިދުގައި ޢާއްމު ތަންތަން ކަމަށް ބުނެފައި އެވަނީ ރަށުގެ ޢާންމު މަގުތައް ހިމެނޭ ގޮތުން އެރަށެއްގައި ހެދިފައި ހުންނަ ޕާރކް އަދި ދަނޑު ފަދަ ހާމަކޮށް އޮންނަ ތަންތަނަށެވެ.
(ޅ)މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު