`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 10:18:56 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ތ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ވަގުތީ ގޮތުން މަގު ބަންދުކުރުމާ ބެހޭ ޤަވާޢިދުއެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "ވަގުތީ ގޮތުން މަގު ބަންދުކުރުމާ ބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ.
އިސްތިސްނާ 4. މިޤަވާޢިދުގެ ދަށުން ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން މަގު ބަންދުކުރާ ކުރުމާއި ދައުލަތުގެ ބޭނުމަށް ވަގުތީ ގޮތުން މަގުބަންދުކުރާ ކުރުން ނުހިމެނެއެވެ.
މަސައްކަތެއް ކުރުމަށްޓަކައި މަގު ބަންދުކުރުން 5. މަސައްކަތެއް ކުރުމަށް މަގެއް ބަންދުކުރެވޭނީ އެމަސައްކަތަކީ މަގެއް ބަންދުކޮށްގެންނޫން ގޮތަކަށް ކުރެވެން ނެތް މަސައްކަތަކަށްވާނަމައެވެ. އެފަދަ މަސައްކަތެއް ކުރުމަށް މަގު ބަންދުކުރަން ޖެހޭނަމަ، އެމަގެއް ނިސްބަތްވާ ކައުންސިލަކަށް ހުށަހަޅައިގެން ކަނޑައެޅިފައިވާ އުޞޫލުން މަގުބަންދު ކުރުމުގެ ހުއްދަ ލިއުމުން ހޯދަންވާނެއެވެ.
ވަގުތީގޮތުން މަގު ބަންދު ކުރެވޭ ޙާލަތްތައް 6. (ހ) ޢާއްމު މަގެއް ބަންދު ކުރެވޭނީ ޚާއްޞަ މުނާސަބަތު ތަކަށާއި ރަސްމިއްޔާތު ތަކަށާއި އިޖްތިމާޢީ ކަންކަމަށާއި ޢުމްރާނީ ކަންތައްތަކަށާއި، އަދި މިނޫންވެސް، އެމަގެއް ބަންދުކޮށްގެން ނޫނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނުކެރެވޭ މަސައްކަތް ކުރުމަށް އެވަގުތެއްގައި ޙާލަތު ނިޔާ ކުރާ ގޮތުން މަގު ބަންދުކުރަން ކައުންސިލަށް ފެނިއްޖެ ޙާލަތެއްގައެވެ.
(ށ) މަގެއް ބަންދު ކުރެވުނީ ކަމަށް ބެލެވޭނީ މަގު ބަންދުކުރުމަށް މިޤަވާޢިދު ލާޒިމްކުރާ މަގު ބަންދުކުރާ ބޯޑު ބެހެއްޓުމުންނެވެ.
(ނ) މިޤަވާޢިދުގެ ދަށުން ވަގުތީ ގޮތުން މަގެއް ބަންދުކުރެވޭނީ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ވަގުތަކަށެވެ.
(ރ) މިނަންބަރުގެ (ނ) ގައި އެހެން އޮތްނަމަވެސް މަސައްކަތުގެ ޙާލަތަށާއި ކަމުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް މަގު ބަންދުކުރުމަށް ކައުންސިލުން ހުއްދަ ދިނުމަށް މިޤަވާޢިދެއް ހުރަހެއްނާޅައެވެ.
ހުއްދަ ދޫކުރުން 7. މަގު ބަންދުކުރުމުގެ ހުއްދަދޭންވާނީ މަސައްކަތް ބަޔާންކޮށް މަސައްކަތްކުރުމަށްޓަކައި މަގު ބަންދުކުރަން ބޭނުންކަމަށް މަގުބަންދު ކުރުމަށް ބޭނުންވާ ފަރާތުން އެދި ހުށަހެޅުމުން އެމަގެއް ހިމެނޭ ދާއިރާއެއްގެ ނުވަތަ ސަރަޙައްދެއްގެ ކައުންސިލް އޮފީހުން ލިއުމަކުން ހުށަހެޅުމުން މިޤަވާޢިދުގެ 6 ވަނަ ނަންބަރުގެ (ހ) ގައިވާ ކަންތައްތައް ކުރުމަށެވެ.
މަގު ބަންދުކުރުމަށް ހުއްދަދޭ ވަގުތު ކަނޑައެޅުން 8. މަގެއް ބަންދު ކުރުމަށް އެދި ހުށަހެޅުމުން އެފަރާތަށް މަގުބަންދުކުރުމުގެ ހުއްދަ ދޭންވާނީ އެސަރަޙައްދެއްގެ ނުވަތަ އެހިސާބެއްގެ ކާރޫބާރޫގެ ކުޑަބޮޑުމިނަށް ބަލައި އެމަގެއްގެ، ނުވަތަ އެސަރަޙައްދެއްގެ، ނުވަތަ އެހިސާބެއްގެ ކާރޫބާރޫ އެންމެ ކުޑަވަގުތަކަށް އިސްކަންދީގެންނެވެ.
މަގު ބަންދުކުރުމަށް ފީނެގުން 9. (ހ) މަގުބަންދު ކުރަނީ ޢުމުރާނީ މަސައްކަތަކަށްނަމަ، ފުރަތަމަ ހިނގާ 6 (ހައެއް) ގަޑިއިރާ ހަމައަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށ -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
(ށ) މަގުބަންދު ކުރެވެނީ އިޖްތިމާޢީ ޙަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ، ފުރަތަމަ 6 (ހައެއް) ގަޑިއިރާ ހަމައަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާއާއި،ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
(ނ) މިނަންބަރުގެ (ހ) އާއި (ށ)ގައި ބުނެފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދަދެވޭ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް -/75 (ހަތްދިހަ ފަހެއް) ރުފިޔާ، އަދި އިތުރަށް ހިނގާ ކޮންމެ 2 (ދޭއް) ގަޑިއިރަކަށް ނުވަތަ 2 (ދޭއް) ގަޑިއިރުން ބަޔަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާގޮތަށެވެ.
(ރ) މިނަންބަރުގެ (ހ)، (ށ) އަދި (ނ) ގައި ބުނެފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނީ، ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމްލަ ވަގުތަށެވެ.
10. (ހ) މަގެއް ވަގުތީގޮތުން ބަންދު ކުރުމުގެ ހުއްދައަށް އެދެވޭނީ އެމަގެއް ބަންދުކޮށްގެން ކުރަންޖެހޭ މަސައްކަތަކަށް މަސްއޫލުވާފާރާތުން، ނުވަތަ އެމަސައްކަތެއް ކުރަމުންގެންދާ ކޮންޓްރެކްޓަރަކަށެވެ. އަދި އެފަރާތަކީ މަސައްކަތުގެ ވެރިފަރާތްކަން ނުވަތަ ކޮންޓްރެކްޓަރުކަން އެނގޭނޭ ސާބިތު ލިއުން ހުށަހަޅަންވާނެއެވެ. ނުވަތަ މިހުއްދައަށް އެދެނީ ވެރިފަރާތް ނުވަތަ ކޮންޓްރެކްޓަރ ބަދަލުގައި އެހެން ފަރާތަކުންނަމަ، ވެރިފަރާތުން ނުވަތަ ކޮންޓްރެކްޓަރ އެކަން ޙަވާލުކުރިކަމުގެ ލިއުން ހުށަހަޅަންވާނެއެވެ. އަދި، ހުއްދަ ހޯދަންދާ ފަރާތުން އެފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް އެލިއުމާއެކު ހުށަހަޅަންވާނެއެވެ.
(ށ) މަގެއް ބަންދުކޮށްގެން ނޫނީ ކުރެވެން ނެތް މަސައްކަތެއް ކުރުމަށްޓަކައި 2 (ދޭއް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މަގެއް ބަންދުކުރަން ބޭނުންވާނަމަ، އެމަގެއް ބަންދުކުރުމުގެ ހުއްދައަށްއެދި އެމަސައްކަތެއް ކުރުމަށް މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން ރަސްމީ ގަޑީގައި އެމަގެއް ހިމެނޭ ސަރަޙައްދެއްގެ ކައުންސިލަށް އެކަމަށް އެދި ހުށަހަޅަންވާނެއެވެ.
މަގު ބަންދުކުރުމަށް ބޭނުން ކުރާ ބޯޑް 11. މަގުބަންދު ކުރުމަށް ހުއްދަ ދެވޭއިރު މަގުބަންދުކުރުމަށް ބޭނުން ކުރާ ބޯޑު ކައުންސިލްތަކުން ލިބޭގޮތަށް ތައްޔާރުކުރެވިފައި ހުންނަންވާނެއެވެ.
މަގު ބަންދު ކުރާ ބޯޑް ބެހެއްޓުން 12. (ހ) މަގެއް ބަންދު ކުރުމަށް ހުއްދަލިބިފައިވީނަމަވެސް، މަގު ބަންދުކޮށްގެން މަސައްކަތްކުރަންވާނީ މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.
(ށ) މަގު ބަންދުކުރުމަށް ދޫކުރާ ބޯޑް ބަހައްޓަންވާނީ އެމަގެއް ނިސްބަތްވާ ކައުންސިލްގެ ފަރާތުން މީހަކު ޙާޟިރުވެ ހުރެގެންނެވެ.
(ނ) މަގު ބަންދުކުރުމަށް ދޫކުރެވޭ ބޯޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެބޯޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކައުންސިލަށް ދައްކަންވާނެއެވެ. ބޯޑަކަށްލިބޭ ގެއްލުމުގެ ބަދަލު ނުދައްކާ ފަރާތްތަކާމެދު ޢަމަލު ކުރާނެ އުޞޫލެއް މިޤަވާޢިދުގެ ދަށުން ކައުންސިލުން ކަނޑައަޅަންވާނެއެވެ.
މަގު ބަންދުކުރާ ބޯޑަށް ފީނެގުން 13. މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުން ކުރަނީ 6 (ހައެއް) ގަޑިއިރަށްވުރެ މަދު ވަގުތަކަށްނަމަ -/20 (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ބޯޑު ބޭނުންކުރެވެނީ 6 (ހައެއް) ގަޑިއިރާއި 12 (ބާރަ) ގަޑި އިރާއި ދެމެދުގެ ވަގުތަކަށްނަމަ، 40 (ސާޅީސް) ރުފިޔާ، އަދި 12 (ބާރަ) ގަޑިއިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ 60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް 20 (ވިހި) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.
މަގުން ހިނގާ މީހުންނަށް ދަތި ނުވާ ގޮތަށް މަސައްކަތްކުރުން 14. މަގުބަންދު ކުރާބޯޑު ބަހައްޓައިގެން މަސައްކަތްކުރިނަމަވެސް، މަސައްކަތް ކުރާންވާނީ އެމަގުން ހިނގާ މީހުންނަށް ހިނގާ ބިނގާވެ އުޅުމުގައި ދަތި ނުވާނެ ގޮތެއްމަތީންނެވެ.
ރޭގަނޑު މަސައްކަތް ކުރުން 15. މަގެއް ބަންދުކޮށްގެން މަސަކަތްކުރަން ބޭނުންވަނީ ހަވީރު 6 ގެ ފަހުން ކަމުގައިވާނަމަ، ނުވަތަ މަސަކަތް ދުވާލު ފެށިނަމަވެސް އެމަސައްކަތް ހަވީރު 6 ގެ ފަހުން ދެމިގެންދާނަމަ، ހަވީރު 6 ގެ ފަހުން ނިވިދިއްލޭ ބައްތިއެއް ބޯޑުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
މަސައްކަތުގެ ސަރަޙައްދުގައި މަޢުލޫމާތު ދެވޭ ވަރުގެ މީހަކު ހުރުން 16. މަސައްކަތް ފެށުމަށްފަހު މަސައްކަތް ނިމުމާއި ހަމައަށް މަސައްކަތާއި ގުޅިގެން ނުވަތަ މަގު ބަންދުކުރުމަށް ދެވިފައިވާ ހުއްދައާއި ގުޅިގެން މަޢުލޫމާތު ދެވޭ ވަރުގެ ދިވެއްސެއް އެތަނުގައި ހުންނަންވާނެއެވެ.
ޤާނޫނު ތަކާއި ޤަވާޢިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން 17. މަގެއް ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ކުރަމުންދާއިރު އެމަގެއް ހިމެނޭ ކައުންސިލްގެ ފަރާތުން މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ކަނޑައަޅާފައިވާ ފަރާތަކުން އެކަން ބަލާއިރު އިޞްލާޙްކުރާންޖެހޭ ކަމެއް ފާހަގަކުރެވި އެކަން އިޞްލާޙްކުރަން އަންގައިފިނަމަ، އެމަސައްކަތް ކުރިއަށް ގެންދާންވާނީ އެކަން ރަނގަޅު ކުރުމަށްފަހުގައެވެ.
ސަލާމަތީ ކަންތައް ފުރިހަމަ ކުރުން 18. (ހ) މަގެއް ބަންދުކޮށް ކުރަންޖެހޭ މަސައްކަތަކީ ޢިމާރާތެއްކުރުމުގެ މަސައްކަތެއްނަމަ، އެމަސައްކަތް ކުރުމުގައި ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ޤަވާޢިދުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބުނެފައިވާ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތް ކުރަންވާނީ އެކަށީގެންވާ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
މަސައްކަތް ނިމުމުން މަގު ސާފުކުރުން 19. މަގުބަންދުކޮށްގެން ކުރެވުނު މަސައްކަތް ނިމުމުން އެމަގު ރީތިކޮށް ކުނިކަހާ ސާފުކުރަންވާނެއެވެ. އަދި މަގުމައްޗަށް ސިމެންތިފަދަ އެއްޗެއް އެޅިފައިވާނަމަ، ނުވަތަ އެމަސައްކަތުގެ ސަބަބުން މަގުމަތި ހަޑިވެފައިވާނަމަ، އެތަނެއް ރަނގަޅަށް ސާފު ކުރަންވާނެއެވެ.
މިޤަވާޢިދުގައި ނުހިމެނޭ ގޮތެއްގައި މަގު ބަންދުކުރުން 20. މިޤަވާޢިދުގެ ދަށުން ހުއްދަދީފައިވާ ފަރާތަކުން މެނުވީ ޢާއްމު މަގެއް ބަންދުކުރުމަކީ މަނާކަމެކެވެ.
ޤަވާއިދާ ޚިލާފުވުން 21. މިޤަވާޢިދުގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ،ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ)އާއި -/10000 (ދިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 22. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 23. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު