`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Fri, 29 Mar 2024 06:11:28 +0000
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ލ) ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާ އެކު ހެދުމަށް ލާޒިމްކޮށްފައިވާ މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "މަގުކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
މަގުކޮންނަން ހުއްދަ ނެގުން 4. (ހ) މަގެއް ކޮންނަންވާނީ ކޮންމެހެން މަގު ނުކޮނެ ނުވާނެ ކަންތައްތައް ކުރުމަށް އެމަގެއް ނިސްބަތްވާ ކައުންސިލުގެ ހުއްދަ ލިއުމަކުން ހޯދުމަށްފަހުގައެވެ.
(ށ) މިޤަވާޢިދުގެ ދަށުން މަގުކޮނުމުގެ ހުއްދަލިބުނު ނަމަވެސް، މަގެއް ކޮނުމަށްޓަކައި މަގެއް ބަންދުކުރަންޖެހޭނަމަ، އެމަގެއް ކޮންނަންވާނީ، ވަގުތީގޮތުން މަގު ބަންދު ކުރުމާ ބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތީން، މަގު ބަންދު ކުރުމުގެ ހުއްދަ ހޯދުމަށްފަހު ވަގުތީ ގޮތުން އެމަގެއް ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.
(ނ) މަގެއް ކޮނުމުގެ މަސައްކަތް ކުރަމުންދާނަމަ، މަސައްކަތް ކުރާވަގުތުގައި އެމަސައްކަތް ކުރާ ސަރަޙައްދުގެ ދެކޮޅުގައި މަސައްކަތް ނިމެންދެން ދުވާލުގައިނަމަ، ރަތްދިދައެއް ރޭގަނޑުގައިނަމަ، ރަތްބޮތްކެއް ދިއްލާފައި ހުންނަންވާނެއެވެ. އަދި ވަޅުގަނޑެއް ނުވަތަ ކޯރުފަދަ ތަނެއް ފަސް ނުލެވި، ރޭގަނޑު 6 ގެ ފަހުން ބަހައްޓާނަމަ އެތަނުގެ ވަށައިގެން އުސްކޮށް ހުންނަގޮތަށް ކޮށްޓެއްގޮތަށް ރޯނުދަމަންވާނެއެވެ.
ގާއަތުރައި ރަނގަޅު ފެންވަރަށް ހެދިފައި ހުންނަ މަގުތައް ކޮނުން 5. މިޤަވާޢިދުގެ ދަށުން ހުއްދަލިބިގެން ކޮންނަނީ ގާއަޅާ ރަނގަޅު ފެންވަރަށް ތައްޔާރު ކުރެވިފައިވާ މަގެއްނަމަ، އެމަގުގައި މަސައްކަތް ކުރަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ އުޞޫލުންނެވެ.
(ހ) މަގުމަތީގައި އަތުރާފައި ހުންނަ ގައުތައް ނަގަންވާނީ އެގާތަކަށް ގެއްލުން ނުލިބޭނެ ފަދަ ގޮތަކަށް ގަލަށް ގެއްލުން ނުވާނެފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ.
(ށ) މަގުމަތިންނާއި ދުވާރުމަތިން ގައުތައްނެގުމަށްފަހު އަލުން ގައު އަތުރަންވާނީ ހައިޑްރޯލިކް ބިންހަރުކުރާ އެއްޗަކުން ނުވަތަ ބިން ހަރުކުރުމަށް ބޭނުން ކުރާ އެއްޗަކުން ބިންގަނޑު ހަރުކޮށް އެއްވަރު ކުރުމަށްފަހުގައެވެ.
(ނ) މިނަންބަރުގެ (ށ)ގައި ބަޔާންކުރެވުނު ފަދައިން ބިން ހަރުކުރުމަށްފަހު އިންޗިއެއްހާ ބޯމިނަށް ދޮންވެލިފަތުރާ އެވެލިގަނޑު މަތީގައި ގާއެތުރުމަށްފަހު ގާތަކުގެ މައްޗަށް ދޮންވެލި އަޅާ ދެގާދޭތެރެ ފުރާލަންވާނެއެވެ.
(ރ) މަގުމަތިން ގައުނަގާ ގައުތައް އެތުރުމުގައި އެގައުތަކުގައި ހަމަޖެއްސުމަށް ތެޅުމަށް ބޭނުން ކުރަންވާނީ ލަކުޑި މުގުރުފަދަ ގަލަށް ގެއްލުން ނުވާނެފަދަ އެއްޗެކެވެ.
(ބ) މަގުމަތިން ނުވަތަ ދުވާރު މަތީގައި ނުވަތަ ޖަންކްޝަންގެ ގާ ހަލާކުވެޖެނަމަ، އެކަން ކައުންސިލަށް އެންގުމާއެކު، ހަލާކުވީ ގަލުގެ ބަދަލު މަސައްކަތް ކުރުމަށް ހުއްދަނަގާފައިވާ ފަރާތުން ކައުންސިލަށް ދައްކަންވާނެއެވެ.
(ޅ) ދުވާރުގެ ފާރާ ކައިރިން ސިމެންތި އަޅާފައިވާ ތަންތަން ކޮށާލައިގެން މަސައްކަތެއް ކުރާނަމަ، އެމަސައްކަތް ނިމުމުން 8 (އަށެއް) ވެލި 1 (އެކެއް) ސިމެންތި ބޭނުންކޮށްގެން ސިމެންތި ތައްޔާރުކޮށް އަލުން ސިމެންތި ކޮށިތަންތަން ހަދަންވާނެއެވެ.
ތާރު އަޅައި ރަނގަޅު ފެންވަރަށް ތައްޔާރު ކުރެވިފައިވާ މަގެއް ކޮނުން 6. (ހ) ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދިފައިވާ މަގެއްގެ ތާރުގަނޑު ކަނޑައި އެމަގެއް ކޮނެވޭނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ހުއްދައެއްގެ ދަށުން އެމަގު ކުރީގައި ހުރި ފެންވަރަށް ހެދުމަށް ހިނގާނެ ޚަރަދު ކައުންސިލަށް ޖަމާކުރުމަށް ފަހުގައެވެ.
(ށ) ތާރުއަޅައި ހެދިފައިވާ މަގެއް ތާރުގަނޑު ކަނޑައިގެން މަގުގައި މަސައްކަތް ކުރަން ބޭނުންވިނަމަވެސް އެކަމަށް ހުއްދަދޭންވާނީ އެމަގު އިހު ހުރި ފެންވަރަށް ހެދުމަށް ބޭނުންކުރާ ތަކެތި އެވަގުތުގައި ލިބެން ހުރިނަމައެވެ.
މަގުގައި ތަކެތި ވަޅުލުން 7. މަގެއްގައި އެއްވެސް އެއްޗެއް ވަޅުލަންވާނީ، އެކަމަށް އެދި އެމަގެއް ނިސްބަތްވާ ކައުންސިލަކުން އެކަމަށް ހުއްދަ ދިނުމުންނެވެ.
ޚިދުމަތްތަކަށް ޢާއްމުންގެ އަތުން ފައިސާ ނަގާ ގޮތަށް ޚިދުމަތް ދިނުމަށް ވަޅުލެވޭ ތަކެތި 8. (ހ) ޚިދުމަތްތަކަށް ޢާއްމުންގެ އަތުން ފައިސާ ނަގާ ގޮތަށް ޚިދުމަތް ދިނުމަށް ވަޅުލެވޭ ތަކެތި ވަޅުލަންވާނީ އެމަގުތަކުގައި އެފަދަ އެއްޗެއް ވަޅުލުމަށް ކައުންސިލުން ކަނޑަޅާފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މަގުމަތީގައި އެއްޗެއް ވަޅުލައިގެން ޢާއްމުންގެ އަތުން އަގުނަގާ ގޮތަށް ޚިދުމަތްދޭނަމަ، އެފަރާތަކުން ތިރީގައި ވާ ރޭޓުން ކައުންސިލަށް ކޮންމެ މަހަކު މަހު ފީ ދައްކަންވާނެއެވެ.
  1. ވަޅުލަނީ ސަޕްލައިއެއް ނަމަ، ވަޅުލެވޭ ކޮންމެ މީޓަރަކަށް މަހަކު 2 (ދޭއް) ލާރި
  2. ވަޅުލަނީ ހޮޅިއެއްނަމަ، ވަޅުލެވޭ ހޮޅީގެ ކޮންމެ މީޓަރަކަށް މަހަކު 4 (ހަތަރު) ލާރި.
(ނ) މަގުމަތީގައި ވަޅުލެވެނީ މިނަންބަރުގެ (ށ) ގައި ބަޔާންކުރެވިފައިވާ ބާވަތެއްގެ އެއްޗެއް ނޫންނަމަ، އެއެއްޗަކަށް ފީނަގާނީ ސިޓީ ކައުންސިލްތަކުން، އެކައުންސިލްތަކުން ކަނޑައަޅާ އަދަދެކެވެ. އަދި އަތޮޅު ކައުންސިލުގެ މަޝްވަރާގެ މަތިން ރަށުކައުންސިލުން ކަނޑައަޅާ އަދަދެކެވެ.
މިޤަވާޢިދު ހިންގަން ފެށުމުގެ ކުރިން ވަޅުލެވިފައިވާ ތަކެއްޗަށް ފީނެގުން 9. (ހ) މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ޢާއްމުންގެން އަތުން ފީ ނަގާގޮތަށް ޚިދުމަތެއް ދިނުމަށް އެއްޗެއް ވަޅުލާފައިވާނަމަ، އެއެއްޗެއް ވަޅުލެވިފައިވާކަން އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލެއްގައި ރަޖިސްޓްރީކޮށް އެތަކެއްޗަށް މިޤަވާޢިދަށް ޢަމަލުކުރަންފަށާ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ފީ ދައްކަންވާނެއެވެ. ނުވަތަ އެފަރާތަކުން އެތަކެތި ބޭނުންކުރުމަށް ބޭނުން ނުވާނަމަ، އެކަން ކައުންސިލަށް ލިއުމަކުން ހުށަހަޅަންވާނެއެވެ. މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާ މެދު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.
  1. ވަޅުލާފައިވާ ތަކެއްޗަށް މިޤަވާއިދުގެ ދަށުން ލާޒިމް ކުރާ ފީދައްކަން އެންގުމާއެކު، 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފީ ނުދައްކައިފިނަމަ، އެފަދަ ތަކެތި ނެގޭނެ ކަން އެންގުން.
  2. މިނަންބަރުގެ (ހ) ގެ 1 ގައި ބަޔާންކޮށްފައި މުއްދަތުގައި ފީ ދައްކައިފައި ނުވާނަމަ، ނުވަތަ އެތަކެތި މަގުތަކުން ނަގާފައި ނުވާނަމަ، އެތަކެތި ކައުންސިލުން ނެގުން. މިގޮތަށް ނެގޭ ތަކެތީގެ ބަދަލު ދިނުމަށް ނުވަތަ މިފަދަ ތަކެތި ނެގުމުގައި ދިމާވާ ގެއްލުންތަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި ތަކެތި ނެގުމަށް ހިނގާ ޚަރަދު އެތަކެތީގެ ވެރިފަރާތުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ.
  3. ކައުންސިލުން އެތަކެތީގެ ވެރިފަރާތާ ތަކެތި ޙަވާލުކުރަންވާނީ އެތަކެތި ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.
  4. ތަކެތި ނުގެންގޮސް 3 (ތިނެއް) މަސް ދުވަސްވެއްޖެނަމަ، އެތަކެތި ނީލަމުގައި ވިއްކާލުމާއެކު އެތަކެތި ނެގުމަށް ހިނގި ޚަރަދު ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުން.
(ށ) މިނަންބަރުގެ (ހ)ގައި ބަޔާން ކުރެވިފައިވާ ގޮތަށް ޢަމަލު ނުކޮށްވަނިކޮށް މަގުކޮންނަނިކޮށް މަގުމަތީގައި ވަޅުލާފައިވާ އެއްޗަކަށް މަގުކޮނުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގައިވިޔަސް އެގެއްލުމަކަށް ކައުންސިލުން ނުވަތަ މަސައްކަތް ކުރި ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ. ނަމަވެސް ރަޖިސްޓްރީ ކުރެވި، މިޤަވާޢިދުގެ ދަށުން ފީ ދައްކަމުންދާ އެއްޗަކަށް މަގު ކޮންނަނިކޮށް ލިބޭ ގެއްލުންތަކަށް މަސައްކަތުގެ ވެރިފަރާތުން ޒިންމާވާންޖެހޭނެއެވެ.
ޤަވާޢިދާ ޚިލާފުވުން 10. މިޤަވާޢިދުގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ)އާއި -/10000 (ދިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 11. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަ ކުރުން 12. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް