`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 10:41:53 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޑ) އިން ބާރުލިބިގެން އެކުލަވާލާފައިވާ މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
މަގުމަތި ކުނިކެހުން 4. ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް އެރަށެއްގެ ބިމުން ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެގޯއްޗެއްގެ މަގަށް ވާ ސަރަޙައްދުގައި އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.
ގޯތި ދޫކުރެވުނު ފަރާތްނޫން އެހެން ފަރާތަކުން ދިރިއުޅޭ ގޯތި 5. އެމީހަކަށް ދޫކުރެވިފައިވާ ގޯތި އެހެން ފަރާތަކަށް ކުއްޔަށްދީފައިވީ ކަމުގައިވިޔަސް ނުވަތަ އެގޯތީގައި އުޅެމުންދަނީ ގޯތި ދޫކުރެވުނު ފަރާތްނޫން އެހެން ފަރާތެއްކަމަށްވިޔަސް މިޤަވާޢިދާއި އެއްގޮތަށް އެގޯއްޗަކާވީ ޞަރަޙައްދު ކުނިކެހުމަކީ އެގޯއްޗެއްގައި ދިރިއުޅޭ ފަރާތެއްގެ ޒިންމާއެކެވެ.
މަގު ކުނިކެހުމަށް ފީ ނެގުން 6. (ހ) އާންމު މަސްލަހަތަށްޓަކައި އެމަގެއް ނުވަތަ އެމަގަކުން ބައެއް ވަކި އުޞޫލަކުން ސާފުކުރުމަށް ބޭނުންވާ ކަމަށް ކަނޑައެޅުމުގެ ޙައްޤު ކައުންސިލްތަކަށް ލިބިގެންވެއެވެ.
(ށ) މި ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން ކައުންސިލުން ކަނޑައަޅާ މަގެއް ނުވަތަ އެމަގަކުން ބައެއްގައި ހުންނަ ގޯތި ތަކުން ކައުންސިލުން ކަނޑައަޅާފައިވާ ފީ އެއް ކައުންސިލަށް ދައްކަންވާނެއެވެ.
މިނަންބަރުގެ ބޭނުމަށް ފީނަގާނެ މަގުތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
  1. އެމަގަކީ ނުވަތަ އެމަގެއްގެ ވަކި ހިސާބަކީ ގިނަ އަދަދަކަށް ދުއްވާތަކެތި ޕާކުކުރާ މަގެއް ކަމަށްވެފައި އެކަމުގެ ސަބަބުން މަގު ކުނިކެހުމަށް އުނދަގޫވުން.
  2. އެމަގަކީ ނުވަތަ އެމަގެއްގެ ވަކި ސަރަޙައްދަކީ ޢާންމު ރައްޔިތުންނަށް ޚިދުމަތްދޭ މަރުކަޒެއް ހުރި ތަނެއް ކަމަށްވެފައި އެ ސަރަޙައްދެއްގައި ހުރި ގޯތި ތަކާއި ވީ ފަޅިން މަގު ސާފުކުރުމުގައި އެ ގޯތި ތަކުގައި ދިރިއުޅޭ ފަރާތްތަކުން އިހުމާލުވުން.
ޤަވާޢިދާ ޚިލާފުވުން 7. (ހ) މިޤަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ.
(ށ) މިޤަވާއިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އެޖޫރިމަނާކުރި ކައުންސިލަކަށެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 8. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދަންވާނެއެވެ އަދި އެއުޞޫލުތަކަށް ޢަމަލު ކުރަންވާނީ އެ އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރުމަށްފަހުގައެވެ.
މާނަކުރުން 9. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު