`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:16:41 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން1.(ހ)މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޒ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދެވެ.
(ށ)މިޤަވާއިދަށް ކިޔާނީ "މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު2.މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން3.މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
އިންފާރު ވަކި ކުރުން4.(ހ)ދިރިއުޅުމުގެ ބޭނުމަށާއި އެނޫން ބޭނުންތަކަށް ދެވިފައިވާ ބިންބިމުގައި އެކަމަކަށް ކަނޑައެޅިފައިވާ އުޞޫލަކުން ހުންނަންވާނީ އިންފާރު ވަކިވާނޭގޮތަށް ފުޅަށްއަޅާ ނުވަތަ ފާރުލެވިފައެވެ.
(ށ)މިނަންބަރުގެ (ހ) ގައި ބުނެވުނު ފުޅަށް ނުވަތަ ފާރުން މަގަށް ދޮރުކަނޑަންވާނީ ނުވަތަ ކަނޑާފައިވާ ދޮރެއް ބައްދަންވާނީ ރަށުކައުންސިލް ނުވަތަ ސިޓީކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.
އިންވަކިކުރުމަށް ފާރު ރޭނުން5.ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ފާރު ރާނަންވާނީ އެގޯއްޗެއް ނުވަތަ އެބިމެއްގެ އިޚްތިޞާސް ލިބިގެންވާ ކައުންސިލަކުން ހުއްދަ ލިބިގެންނެވެ.
ދޮރު ކެނޑުން6.ގޯތީގެ ނުވަތަ ބިމުގެ މަގާގުޅޭ އިމުގައި ހުންނަ ދޮރާށީގެ ދޮރުފަތާއި ޢިމާރާތުގެ ދޮރުފަތް 12 (ބާރަ) ފޫޓަށްވުރެ ތިން އިމުގެ ބޭރަށް، މަގަށް ހުޅުވޭ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ.
އިންފާރު ތެޅުން7.ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ރާނާފައިވާ ފާރެއް ނުވަތަ ފުޅަފެއް ނަގަންވާނީ އެގޯއްޗެއް ނުވަތަ އެބިމެއްގެ އިޚްތިޞާސް ލިބިގެންވާ ކައުންސިލަކުން ހުއްދަ ލިބިގެންނެވެ.
ސަލާމަތީ ކަންތައްތަކާއި ރައްކާތެރިކަން8.(ހ)ރާނާފައިވާ އިންފާރެއް ނުވަތަ ފުޅަފެއް ނަގަންވާނީ އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހުގައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުއެޅިނަމަވެސް އިންފާރު ތެޅުމުގެ ސަބަބުން އެހެންމީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެގެއްލުމެއްގެ ބަދަލަށް އިންފާރު ނުވަތަ ފުޅަށް ނެގިފަރާތުން ޒިންމާވާންވާނެއެވެ.
(ށ)އިންފާރެއް ތަޅާލަންވާނީ ކައުންސިލްތަކުގެ ހުއްދައާއެކު އެތަނެއްގައި ބެހެއްޓިފައި ހުންނަ ކަރަންޓް ފޮއްޓާއި ޓެލެފޯން އަދި އެނޫންވެސް ޢާއްމުކޮށް ޚިދުމަތް ދިނުމަށް ފާރުގައި ހަރުކުރެވިފައިވާ އެއްޗެއް ބެހެއްޓިފައިވާނަމަ، އެކަމަށް އެއެއްޗެއް ނިސްބަތްވާ މުއައްސަސާއެއްގެ ހުއްދަހޯދައި އެތަކެއްޗަށް ގެއްލުން ނުވާނެ ގޮތެއްގެ މަތީންނެވެ. މިޤަވާޢިދު ވުޖޫދަށް އަންނައިރު ބެހެއްޓިފައި ހުންނަތަކެތި ބެހެއްޓުމަށް ކައުންސިލުން ނުވަތަ ރަށު އޮފީހުން ހުއްދަހޯދައިފައިނުވާނަމަ، މިޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު އެފަރާތްތަކުން ހުއްދަ ހޯދަންވާނެއެވެ.
(ނ)އިންފާރު ތެޅުމުގައި މިނަންބަރުގެ (ށ)ގެ ދަށުން ހުއްދަ ހޯދައިގެން މަސައްކަތްކުރިނަމަވެސް އެއެއްޗެއް ނިސްބަތްވާ މުއައްސަސާގެ އިރުޝާދުތަކާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން އެއިން އެއްޗެކަށް ގެއްލުންވެއްޖެނަމަ، އެގެއްލުމުގެ ބަދަލު އެއިންފާރެއް ތަޅައިލާ ފަރާތަކުން ދޭންވާނެއެވެ.
(ރ)ތަޅާލެވޭ އިންފާރު ތެޅުމުން ނިވާކަމެއް ނެތި ފެންނަ ގިފިލިތަކާއި، ފާޚާނާތައް، ނިވާކުރުމުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތީން ޢަމަލުކުރަންވާނެއެވެ.
ޤަވާއިދާ ޚިލާފުވުން9.މިޤަވާޢިދުގައި ކަނޑައަޅާފައިވާ ކަމަކާއި ޚިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/10000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޙްތިޔާރު އެމަގެއް ހިމެނޭ ސަރަޙައްދެއްގެ ކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް10.މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން11.(ހ)ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ)އިންފާރު: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އިންފާރުގެ މާނައަކީ، ދިރިއުޅުމަށް ނުވަތަ އެނޫން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ނުވަތަ އަމިއްލަ ބިންބިމުގެ ވަށައިގެން އެބިމެއްގެ ތަރަޙައްދު ވަކިކުރަން ރާނާފައި ހުންނަ ބިއް ނުވަތަ ހުރަހަށެވެ.
(ނ)މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު