`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 10:03:46 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން1.(ހ)މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (މ) ގެ ދަށުން ބާރުލިބިގެން ފިހާރަ ފިހާރައިގަ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމަށް ހުއްދަނެގުމާއި، އަދި އެފަދަ ތަކެތި ބެހެއްޓޭނެ ގޮތާއި ހުއްދަނުނަގައިގެން ބަހައްޓާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ޤަވާޢިދެވެ.
(ށ)މި ޤަވާޢިދަށް ކިޔާނީ "ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް2.މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މި ޤަވާޢިދު ހިންގުން3.މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމަށް ކައުންސިލުން ހުއްދަ ހޯދުން4.(ހ)އެއްވެސް ފިހާރައަކުން އެ ފިހާރައިގެ މުދަލާއި ތަކެތި ކުޑަދޮރުން ބޭރުގައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް އެ ފިހާރައެއްގެ މުދަލާއި ތަކެތި ބަހައްޓަންވާނީ ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.
(ށ)މި ނަންބަރުގެ (ހ) ގެ ދަށުން ހުއްދަ ދެވިގެން ފިހާރައިގެ މުދަލާއި ތަކެތި ބެހެއްޓޭނީ ހަމައެކަނި އެ ފިހާރައަކުން ވިޔަފާރިކުރާ ވަގުތުތަކުގައި ވިއްކުމަށް ކަނޑައެޅިފައިވާ މުދާ ތަކެވެ.
ގުދަންކުރާ މުދާ ނުވަތަ ތަކެތި ބެހެއްޓުން 5.މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ މުދާތައް ފިޔަވައި އެ ފިހާރައަކަށް ގެނެވޭ މުދާ ނުވަތަ ތަކެތީގެ ތެރެއިން ގުދަންކުރާ މުދާ ފިހާރައިގެ ދޮރުން ބޭރުން މަގުމައްޗަށްވާ ގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ.
ދުވާރު މަތީ މުދާ ބެހެއްޓުން6.(ހ)މި ޤަވާޢިދުގެ ދަށުން ފިހާރައިގެ މުދަލާއި ތަކެތި ދުވާރު މަތީ ބެހެއްޓުމަކީ މަނާކަމެކެވެ.
(ށ)މި ނަންބަރުގެ (ހ) ގައި އެހެން އޮތްނަމަވެސް، ފިހާރައަކަށް ނުވަތަ ފިހާރައަކުން މުދާ އަރުވާ ބޭލުމަށްޓަކައި މަގުމަތީގައި ހުންނަ މުދަލާއި ތަކެތި، ފިހާރައަކަށް ނުވަތަ ފިހާރައަކުން އަރުވާ ބާލައި ނިމެންދެން މަގުމަތީގައި ބެހެއްޓިދާނެއެވެ.
ފިހާރައިގެ ކުޑަދޮރުންނާއި ފިހާރައިގެ ދޮރުން ބޭރަށް މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހެއްޓޭނެ ވަގުތު7.(ހ)ފިހާރައިގެ ކުޑަދޮރުން ބޭރަށް ބަހައްޓާފައި ހުންނަ ފިހާރައިގެ މުދަލާއި ތަކެތި ހުންނަންވާނީ ފިހާރައިގެ އިމުގެ ތެރޭގައި މަގުގެ ދުވާރުމަތިން ހިނގާމީހުންނަށް އުނދަގޫ ނުވާނެހެން ފަސޭހައިން ނެގޭނެ ގޮތަކަށެވެ.
(ށ)މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ހުއްދަ ހޯދައިގެން ބަހައްޓާ މުދާ ނުވަތަ ތަކެތި، ފިހާރަ ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި އެފަދަ މުދާ ނުވަތަ ތަކެތި އެ ވަގުތުތަކުގައި މަގުމަތިން ނަގަންވާނެއެވެ.
ޤަވާޢިދާ ޚިލާފުވުން8.(ހ)މި ޤަވާޢިދުގެ 4، 5، 6، އަދި 7 ވަނަ މާއްދާއާ ޚިލާފަށް ފިހާރައިގެ ކުޑަދޮރުންނާއި ފިހާރައިގެ ދޮރުން ބޭރަށްވާ ގޮތަށް މުދާ ބަހައްޓާފަރާތްތަކަށް އެ މުދަލެއް އެތަނުން ނެގުމަށް ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތުން ނުވަތަ ފަރާތްތަކުން އަންގަންވާނެއެވެ.
(ށ)މި ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން ނެގުމަށް އެންގުމުންވެސް އެ މުދާތައް ނުނަގައިފިނަމަ އެ ފިހާރައިން މަގުމައްޗަށްވާ ގޮތަށް ހުރި މުދާތައް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
(ނ)މި ނަންބަރުގެ (ށ) ގެ ދަށުން ކައުންސިލުން ނަގާ މުދާތައް އަނބުރާ އެ ފިހާރައިގެ ވެރިފަރާތަށް ދޫކުރެވޭނީ -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ކައުންސިލުން ކަނޑައަޅާ ޖޫރިމަނާއެއް ދެއްކުމާ އެކު އެ މުދާތައް ނެގުމަށް ދިޔަ ޚަރަދު ކައުންސިލަށް ދެއްކުމުންނެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް9.މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން10.(ހ)ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ)މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު