ތަޢާރުފާއި ނަން |
1. |
(ހ) |
މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބާރުލިބިގެން، ރަށްތަކުގެ ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާ މެދު ކައުންސިލުން އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ޤަވާޢިދެވެ. |
|
|
(ށ) |
މި ޤަވާޢިދަށް ކިޔާނީ "ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަވާޢިދު" އެވެ. |
ޢަމަލުކުރަން ފަށާ ތާރީޚު |
2. |
|
މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން |
3. |
|
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މިޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ. |
ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަމާލުކަން ދިނުން |
4. |
|
ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި ޖައްވާއި އެ ތަންތަނުގައިވާ ތަކެއްޗާއި، އެ ތަންތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އެ ތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ ރާއްޖޭގެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ޙިއްޞާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ކައުންސިލުންނާއި އެ ދާއިރާތަކަށް ނިސްބަތްވާ ހުރިހާ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. |
ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުމާބެހޭ ސިޔާސަތު ތަންފީޒުކުރުން |
5. |
|
ޤާނޫނު ނަންބަރ 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ ދަށުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓްއިން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކައުންސިލުން ސަމާލުކަންދޭންވާނެއެވެ. |
ޤުދްރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތި ޙިމާޔަތްކުރުން |
6. |
(ހ) |
ޤާނޫނު ނަންބަރ 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓްއިން ކަނޑައަޅާފައިވާ ޤުދްރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތީގެ ތެރެއިން އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެތި އެކައުންސިލަކުން ޙިމާޔަތްކުރަންވާނެއެވެ. |
|
|
(ށ) |
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނާއި ތަކެތީގެ އިތުރަށް އެ ކައުންސިލެއްގެ ދާއިރާގެ ތެރެއިން ޤުދްރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓޭނެ ތަންތަނާއި ތަކެތި ކަނޑައަޅަންވާނީ އެ ކައުންސިލަކުންނެވެ. |
|
|
(ނ) |
މިމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ތަންތަން އެއްވެސް ފަރާތަކުން ޤާއިމް ކުރެވޭނީ ކައުންސިލުގައި ރަޖިސްޓްރީކުރުމަށްފަހު އެ ކައުންސިލުން ޢާއްމުކުރާ އުޞޫލުގައި ކަނޑައަޅާ ގޮތުގެ މަތިންނެވެ. |
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް |
7. |
(ހ) |
ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް އެ ކައުންސިލެއްގެ ދާއިރާގެ ތެރޭގައި ހިންގުމުގު ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި އެ ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
|
|
(ށ) |
މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި އުޞޫލު ކަނޑައަޅާނީ ތިމާވެށްޓާބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ކައުންސިލުންނެވެ. |
ޕްރޮޖެކްޓް ހުއްޓުވުން |
8. |
|
ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، ތިމާވެށްޓާއި ބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން އެ ޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެއެވެ. |
ކުންޏާއި ތެލާއި ވިހަ ތަކެތި |
9. |
(ހ) |
ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް އެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ނުރައްކާތެރި ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެއެވެ. |
|
|
(ށ) |
މި ނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތި އުކާލަން ނުވަތަ އަޅާނެ ތަނެއް ކައުންސިލުން ކަނޑައަޅަންވާނެއެވެ. އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ މީހުންގެ ޞިއްޙަތަށް ގެއްލުން ނުވާގޮތަށް، އެކަށީގެންވާ ރައްކާތެރި ކަމާއެކުގައެވެ. |
|
|
(ނ) |
މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ނައްތާލުމަށް ކައުންސިލުން ފީއެއް ނެގުމަކަށް މި ޤަވާޢިދެއް ހުރަހެއް ނާޅައެވެ. |
ގަލާއި ވެއްޔާއި އަކިރި ނެގުން |
10. |
(ހ) |
އެ ކައުންސިލެއްގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ހާހަލުންނާއި، އަދި އެނޫންވެސް ޤުދްރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން، ގަލާއި، އަކިރި ނަގަންވާނީ މި ޤަވާޢިދުގެ ދަށުން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ. |
|
|
(ށ) |
ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުންނާއި މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުން މި ޤަވާޢިދުން އިސްތިސްނާވާނެއެވެ. ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖޭގައި ފަޅުރަށްރަށާބެހޭ ޤަވާޢިދު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 77/78 (ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. |
އަކިރި ނެގުން މަނާ ތަންތަނާއި ހުއްދަ ތަންތަން |
11. |
(ހ) |
މި ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން އަކިރި ނެގުމަކީ މަނާކަމެކެވެ.
- ޞިނާޢީ މަސައްކަތްތަކަށާއި، އެހެނިހެން މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށްރަށުންނާއި އެ ރަށްރަށުގެ ގޮނޑުދޮށުންނާއި ތޮށިންނާއި ފަޅުން،
- އަތޮޅުގެ ވަށައިގެން އޮންނަ މައި ތޮށިންނާއި ތޮށީގެ އެތެރެއިންނާއި ބޭރުން،
|
|
|
(ށ) |
ކައުންސިލުން ހުއްދަ ލިބިގެން އެ ކައުންސިލެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ފަޅުފުންކުރާ ކުރުމާއި ޞިނާޢީ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ގޮނޑުދޮށާއި ފަޅު ސާފުކުރުމުގެ ގޮތުން އަކިރި ނަގާ ނެގުން މި ނަންބަރުގައި ބުނެފައިވާ އަކިރި ނެގުމުގެ ތެރެއަކު ނުހިމެނެއެވެ. |
ވެލިނެގުން މަނާ ތަންތަނާއި ހުއްދަ ތަންތަން |
12. |
(ހ) |
މި އަކުރު ދަށުން ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން ވެލި ނެގުމަކީ މަނާކަމެކެވެ.
- ޞިނާޢީ މަސައްކަތްތަކަށާއި، އެހެނިހެން މަސައްކަތް ކުރުމަށް ވަކި މުއްދަތަކަށް ކުއްޔަށް ދީފައިވާ ރަށްރަށުންނާއި އެ ރަށްރަށުގެ ގޮނޑުދޮށުންނާއި ތޮށިންނާއި ފަޅުން،
|
|
|
(ށ) |
މި ނަންބަރުގެ ދަށުން ވެލި ނެގުމަށް ހުއްދަ ދެވޭނީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުންނެވެ.
- މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ރަށްރަށުންނާއި ތަންތަނުން ފިޔަވައި އެހެން ރަށްރަށުގެ ފަޅުން،
- ރަށްރަށާ ނުގުޅި ވަކިން ހުންނަ ފަޅުފަޅުން.
|
|
|
(ނ) |
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންނާއި މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު ކައުންސިލުން ހުއްދަ ލިބިގެން އެ ކައުންސިލެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ފަޅުފުންކުރާ ކުރުމަށް ވެލި ނަގާ ނެގުން މި ނަންބަރުގައި ބުނެފައިވާ ވެލި ނެގުމުގެ ތެރެއަކު ނުހިމެނެއެވެ. |
ހުއްދަ ހޯދުން | 13. | | މި ޤަވާޢިދުގެ ދަށުން ވެއްޔާއި އަކިރި ނެގުން ހުއްދަ ކަމަށް ބުނެފައިވާ ތަންތަނުން، ވެއްޔާއި އަކިރި ނަގަންވާނީ ވެއްޔާއި އަކިރި ނެގުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅައި، އެކަމަށް ކައުންސިލުން ކަނޑައަޅާ ފީއެއް ދައްކާ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ. |
ހުއްދަދެވޭ މުއްދަތު | 14. | | މި ޤަވާޢިދުގެ ދަށުން ވެލި ނުވަތަ އަކިރި ނެގުމުގެ ހުއްދަ ދެވޭނީ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސް ދުވަހަށެވެ. ނަމަވެސް، ވެލި ނުވަތަ އަކިރި ނަގަން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރަން ކައުންސިލަށް ހުށަހަޅައިފިނަމަ، އިތުރު 1 (އެކެއް) މަސް ދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ. |
ރިޕޯޓް ހުށަހެޅުން | 15. | | މި ޤަވާޢިދުގެ ދަށުން ހުއްދަލިބިގެން ވެއްޔާއި އަކިރި ނެގިގޮތުގެ ރިޕޯޓެއް ފުރިހަމަ ކުރުމަށްފަހު، ހުއްދަ ލިބުނު ފަރާތުން އެ ރިޕޯޓް ކައުންސިލަށް ކޮންމެ މަހަކު ހުށަހަޅަންވާނެއެވެ. |
ކައުންސިލުގެ ސަރަހައްދު ތެރެއިން ވެއްޔާއި އަކިރި ނަގާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުން | 16. | | ކައުންސިލުގެ ސަރަހައްދުގެ ތެރެއިން ވެއްޔާއި އަކިރި ނަގާ ތަންތަނާއި އެތަކެތި ނަގާ ބޭނުމާއި، ޢަދަދާއި ތާރީޚު އެނގޭގޮތަށް އެ މަޢުލޫމާތުތައް ކައުންސިލުން ބަލަހައްޓަންވާނެއެވެ. |
ގެއްލުމުގެ ބަދަލު ހޯދުން | 17. | | މި ޤަވާޢިދުގެ 10 ވަނަ ނަންބަރުގައި ބުނެފައިވާފަދަ ކަމެއްކޮށްފިނަމަ، ނުވަތަ މި ޤަވާޢިދުގައި ބުނާފަދަ ޕްރޮޖެކްޓެއްގެ ސަބަބުން ހިނގިކަމެއް ކަމުގައި ނުވިޔަސް، ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީޢަތުން މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
ޤަވާޢިދާ ޚިލާފުވުން | 18. | | މި ޤަވާޢިދުގައިވާ ކަމަކާ ޚިލާފުވާ ފަރާތްތަކާއި، މި ޤަވާޢިދުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ޚިލާފުވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
| | (ހ) | ފުރަތަމަ ފަހަރުނަމަ، ކަމުގެކުޑަބޮޑމިނަށް ބަލައި -/5000 (ފަސްހާސް ރުފިޔާ) އަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން، |
| | (ށ) | ދެވަނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، -/10000 (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން، |
| | (ނ) | ތިންވަނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/15000 (ފަނަރަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކޮށް، އެ ފަރާތަށް ދީފައިވާ ހުއްދަ ބާޠިލުކުރުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ވެލި ނުވަތަ އަކިރި ނެގުމުގެ ހުއްދަ ދޫނުކުރުން. |
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް | 19. | | މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. |
މާނަކުރުން | 20. | (ހ) | ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލަށެވެ. |
| | (ށ) | ތިމާވެށްޓާބެހޭ ވުޒާރާ: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ތިމާވެށްޓާބެހޭ ވުޒާރާކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ. |
| | (ނ) | މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ. |
******************************* |