`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 09:43:16 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު
ތަޢާރުފާއި ނަން1.(ހ)މިއީ، ޤާނޫނު ނަންބަރު 7/2010 (ލޯކަލް ކައުންސިލްތަކާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާރުލިބިގެން އެކުލަވާލަވާލެވިފައިވާ ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދެވެ.
(ށ)މި ޤަވާޢިދަށް ކިޔާނީ "ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް2.މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މި ޤަވާޢިދު ހިންގުން3.މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ހުއްދައާއި ނުލައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާކުރުން4.ރަށުތެރޭ ޢާއްމު ސަރަޙައްދުތަކުގައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ލަވަޖަހާ ހެދުމަކީ މި ޤަވާޢިދުގެ ދަށުން ކައުންސިލުން އެކަމަށް ނަގަންޖެހޭ ހުއްދައާއި ނުލައި މަނާކަމެކެވެ.
ކައުންސިލުން ހުއްދަ ހޯދުން5.(ހ)މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ ދަށުން ކައުންސިލުން ހުއްދަ ހޯދުމަށް އެދޭނީ އެކަމަކަށް އެދޭ މުނާސަބަތަކާއި ކުރިއަށް ގެންދިއުމަށް އެދޭ މުއްދަތެއް ބަޔާންކޮށް ސިޓީއަކުންނެވެ.
(ށ)މި ނަންބަރުގެ (ހ) ގެ ދަށުން ކައުންސިލުން ހުއްދަދޭއިރު ލައުޑް ސްޕީކަރު ބޭނުންކުރުމަށާއި އަޑުގަދަކޮށް ލަވަޖަހާ ހެދޭނެ ވަގުތުތައް ހުއްދައަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.
ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާ ވަގުތުތައް6.މި ޤަވާޢިދުގެ 5 ވަނަ ނަންބަރުގެ (ށ) ދަށުން ކައުންސިލުން ވަގުތުތައް ކަނޑައަޅާއިރު ނަމާދު ވަގުތުތަކުގައާއި ރޭގަނޑު 11 އިން ހެނދުނު 8 އަކާއި ދޭތެރޭގެ ވަގުތުތައް ފިޔަވައި އެހެން ކޮންމެ ވަގުތެއްގައި ލައުޑް ސްޕީކަރު ބޭނުންކުރުމަށާއި އަޑުގަދަކޮށް ލަވަޖެހުމަށް ހުއްދަ ދެވިދާނެއެވެ.
ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާ ސަރަހައްދުތައް7.މި ޤަވާޢިދުގެ ދަށުން ސްކޫލް، ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރ، މިސްކިތް، ކޯޓު އަދި ކައުންސިލް އޮފީސް ކައިރި ސަރަހައްދުތަކުގައި ޢާންމުންނަށް އުނދަގޫވާގޮތަށް އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމަކީ މަނާކަމެކެވެ.
ފިޔަވަޅު އެޅުން8.މި ޤަވާޢިދާއި ޚިލާފަށް ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖަހާ ހަދާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 11/2010 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ފިޔަވަޅު އެޅުމަށް ހުށަހަޅަންވާނެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް9.މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން10.(ހ)ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ)މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު