`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:43:39 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން1.(ހ)މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ސ) ގެ ދަށުން ބާރުލިބިގެން، ގޭގޭ ފާރުގައި އެކި ބޭނުމަށް އެކި ފަރާތްތަކުން ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާއި، އެފަދަ ތަކެތި ގޭގޭ ފާރުގައި ކުރެހުމުގެ ނުވަތަ ލިޔުމުގެ ކުރިން ގޭގެ ވެރިފަރާތުން ހުއްދަ ހޯދުމަށާއި، ގޭގޭ ވެރިފަރާތުން ހުއްދަ ނުހޯދައި އެގޭގޭ ފާރުގައި ކުރަހާ ލިޔާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ ޤަވާޢިދެވެ.
(ށ)މި ޤަވާޢިދަށް ކިޔާނީ "ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް2.މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މި ޤަވާޢިދު ހިންގުން3.މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ކައުންސިލުން ހުއްދަ ހޯދުން4.އެއްވެސް ފަރާތަކުން ގެއެއްގެ ފާރުގައި ކުރެހުމެއް ކުރަހާ ލިޔުމެއް ލިޔަންވާނީ އެ ކުރެހުމެއް ނުވަތަ ލިޔުމެއް ކައުންސިލަށް ހުށަހަޅާ ފާސްކުރުމަށްފަހުގައެވެ.
ގޭގެ ވެރިފަރާތުން ހުއްދަ ހޯދުން5.އެއްވެސް ފަރާތަކުން އެއްވެސް މުނާސަބަތަކާއި ގުޅުވައިގެން ގެއެއްގެ ފާރުގައި އެއްވެސް ކުރެހުމެއް ކުރަހާ ލިޔުމެއް ލިޔަންވާނީ އެކުރެހުމެއް ނުވަތަ ލިޔުމެއްގެ ބޭނުމަކާއި، އެކުރެހުމެއް ނުވަތަ ލިޔުމެއް އެގެއެއްގެ ފާރުގައި ކުރަހާ ނުވަތަ ލިޔެފައި ބަހައްޓަން ބޭނުންވާ މުއްދަތެއް އެގެއްގެ ވެރިފަރާތަށް އަންގާ އެ ފަރާތުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ.
ހުއްދަ ދެވޭ މުނާސަބަތުތައް6.(ހ)މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ ދަށުން ގޭގޭ ފާރުގައި ކުރެހުމަށް ނުވަތަ ލިޔުމަށް ހުއްދަ ދެވޭނީ ކައުންސިލުން އެކަމަށް ހުއްދަދޭ ދުވަސް ތަކެއްގައެވެ.
(ށ)މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ މުނާސަބަތުތަކުގެ އިތުރަށް ޚިޠާނުކުރުމާ ގުޅިގެން މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގެ ދަށުން ހުއްދަ ދެވިދާނެއެވެ.
(ނ)މި ނަންބަރުގެ (ހ) އަދި (ށ) ގައި އެހެން އޮތްނަމަވެސް، ގޭގޭ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައިވާ އެއްޗަކީ ވިޔަފާރީގެ ޕްރޮމޯޝަނަކާ ގުޅިގެން ކުރަހާފައިވާ ނުވަތަ ލިޔެފައިވާ އެއްޗެއްނަމަ، އެ ޕްރޮމޯޝަނެއް ނިމުމުން ޤާނޫނު ނަންބަރ 11/2010 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން ހަދާ ޤަވާޢިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެގެއެއްގެ ފާރުގައި ކުރަހާ ނުވަތަ ލިޔެފައި ހުރި އެއްޗެތި ފިލުވަން ވާނެއެވެ.
ގޭގޭ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައި ހުންނަ ތަކެތީގައި ހުންނަންޖެހޭނެ މިންގަނޑު7.(ހ)މި ޤަވާޢިދުގެ 5 ވަނަ ނަންބަރުގެ ދަށުން ގޭގެ ވެރިފަރާތުން ހުއްދަ ހޯދައިގެން އެ ގެއެއްގެ ފާރުގައި ކުރަހާ ކުރެހުމެއް ނުވަތަ ލިޔާލިޔުމެއް ހުންނަންވާނީ ޢާއްމު އިޖްތިމާޢީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފުނުވާ ގޮތަކަށެވެ.
(ށ)މި ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުގެ އިތުރުން ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެއްޗަކީ ޤާނޫނު ނަންބަރު 18/2010 (ގޭންގް ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގްރޫޕް ނުވަތަ ގޭންގު ރަމްޒުކުރާ ކުރެހުމަކަށް ވެގެން ނުވާނެއެވެ.
ގޭގެ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައި ހުންނަ ތަކެތި ފިލުވުން8.މި ޤަވާޢިދުގެ ދަށުން ގޭގޭ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައި ހުންނަ ތަކެތި އެ މުނާސަބަތެއް ފާހަގަކޮށްނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ކުރެހުމެއް ނުވަތަ ލިޔުމެއް އެގެއެއްގެ ފާރުން ފިލުވަން ވާނެއެވެ.
ޤަވާޢިދާ ޚިލާފުވުން9.(ހ)މި ޤަވާޢިދުގެ ދަށުން ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެއްޗަކީ މި ޤަވާޢިދާއި ޚިލާފަށް ކުރަހާފައިވާ ނުވަތަ ލިޔެފައިވާ އެއްޗެއްނަމަ އެއެއްޗެއް ކުރެހި ނުވަތަ ލިޔުނު ފަރާތަކާމެދު މި ނަންބަރުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ)ގޭގޭ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައިވާ އެއްޗަކީ މި ޤަވާޢިދުގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ ގެއެއްގެ ވެރިފަރާތުން ހުއްދަ ހޯދުމަކާނުލައި ކުރަހާފައިވާ ނުވަތަ ލިޔެފައިވާ އެއްޗެއްނަމަ، އެކަމެއް ކުރި ފަރާތަކާމެދު ޤާނޫނު ނަންބަރު 11/2010 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ނ)މި ޤަވާޢިދުގެ 6 ވަނަ ނަންބަރުގެ (ނ) އާއި 8 ވަނަ ނަންބަރާ ޚިލާފުވުމުގެ ސަބަބުން އެފަދަ ކުރެހުމެއް ނުވަތަ ލިޔުމެއް ކައުންސިލްގެ ފަރާތުން ފިލުވަން ޖެހިއްޖެނަމަ، އެކަމަށް ދިޔަ ޚަރަދު އެކުރެހުމެއް ކުރެހި ނުވަތަ އެލިޔުމެއް ލިޔުނު ފަރާތަކުން ނެގުމުގެ އިތުރުން ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެފަރާތެއް-/500 (ފަސްސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޙްތިޔާރު އެގެއެއް ހިމެނޭ ޞަރަޙައްދެއްގެ ކައުންސިލަށް ލިބިގެންވެއެވެ.
(ރ)ގޭގޭ ފާރުގައި ކުރަހާފައި ނުވަތަ ލިޔެފައިވާ އެއްޗަކީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ އެއްޗެއްނަމަ ޤާނޫނު ނަންބަރު 18/2010 (ގޭންގް ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން އެފަދަ ކުރެހުމެއް ކުރެހި ނުވަތަ ލިޔުމެއް ލިޔުނު ފަރާތަކާމެދު ކައުންސިލުން ފިޔަވަޅު އެޅުމުގެ އިތުރުން އެކަން ކުރި ފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) އާއި ދެމެދު ޢަދަދަކުން ޖުރިމަނާކުރުމުގެ އިޙްތިޔާރު އެގެއެއް ހިމެނޭ ޞަރަޙައްދެއްގެ ކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް10.މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން11.(ހ)ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ)ގޭގޭ ފާރު: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ގޭގޭ ފާރުު ކަމުގައި ބުނެފައި އެވަނީ އެ ގެއެއްގެ މަގު ފާރަށެވެ.
(ނ)މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު