ތަޢާރުފާއި ނަން |
1 |
(ހ) |
މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ގ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދުއެވެ. |
|
|
(ށ) |
މިޤަވާއިދަށް ކިޔާނީ "ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދު" އެވެ. |
ޢަމަލުކުރަން ފަށާ ތާރީޚު |
2. |
|
މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން |
3. |
(ހ) |
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ. |
|
|
(ށ) |
މިޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު މިޤަވާޢިދަށް ޢަމަލު ކުރުމުގެ ކުރިން ކޮށްފައިވާ މިޤަވާޢިދާ ފުށުއަރާ ކަންތައްތައް މިޤަވާޢިދުގައި ބުނެފައިވާ ގޮތަށް އިޞްލާޙުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ. މިގޮތަށް އިޢުލާން ކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިނުވާ ފަރާތްތަކާމެދު މިޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ. |
ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުން |
4. |
(ހ) |
އެއްވެސް ފަރާތަކުން މިޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތަށް ނޫންގޮތަކަށް މަގެއްގެ ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބަހައްޓައިގެން ނުވާނެއެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) ގައި އެހެން އޮތްނަމަވެސް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ އެއްޗެއް ބަހައްޓައިގެން ނޫންގޮތެއްގައި ނުވާނޭ މަސައްކަތެއް ކުރުމަށް އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ހުއްދަ ލިބިދީގެން އެޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބަހައްޓާ ބެހެއްޓުމަށް މިޤަވާއިދު ހުރަހެއް ނާޅައެވެ. |
މިޤަވާޢިދު ހިންގަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންތައް ތަކަށް މިޤަވާޢިދު ހިންގާނެ މިންވަރު |
5. |
(ހ) |
މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމުގެ ކުރިން މަގެއް ހުރަސްވާގޮތަށް ބެހެއްޓިފައިވާ ކަރަންޓް ސަޕްލައިއަށާއި އެހެނިހެން ތަކެއްޗަށް މިޤަވާޢިދަށް ޢަމަލު ކުރަންފަށާ ދުވަހުން ފެށިގެން ޢަމަލު ކުރާނީ މިޤަވާޢިދާ އެއްގޮތަށެވެ. |
|
|
(ށ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން ހެދިފައިވާ ޤަވާޢިދަކުން ނުވަތަ ކައުންސިލު ތަކުން ކަނޑައަޅާ އުޞޫލަކުން މެނުވީ މަގެއް ހުރަސްވާ ގޮތަށް އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ނ) |
މިނަންބަރުގެ (ށ) އާ ޚިލާފުވާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/100 (ސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ. |
ކަރަންޓް ސަޕްލައި އެއް މަގު ހުރަސްވާ ގޮތަށް ބޭނުން ކުރުން |
6. |
(ހ) |
މަގެއް ހުރަސްވާގޮތަށް ކަރަންޓް ސަޕްލައިއެއް ބޭނުންކޮށްގެން ނޫން ގޮތަކަށް ކުރެވެން ނުހުންނަ މަސައްކަތް ކުރުމަށް ހުއްދަދޭންވާނީ، މަގު ހުރަސްކޮށް ކަރަންޓް ސަޕްލައި ބިމުގައި 5 (ފަހެއް) އިންޗިއާއި 10 (ދިހައެއް) އިންޗިއާ ދެމެދު ވަޅުލައިގެން މަގު ހުރަސް ކުރެވެންނެތްނަމަ ތިރީގައިވާ ކަންތައްތައް ރިޢާޔަތްކޮށް ވަގުތީ ގޮތުން މަގު ހުރަސްކޮށް ސަޕްލައި ގެންދިއުމަށް ކައުންސިލުން ހުއްދަހޯދައިގެންނެވެ.
- މަގުގައި ދުއްވާ އުޅަނދުފަހަރާއި ހިނގާމީހުންނަށް ދަތި ނުވާނެ ގޮތަށް މަގު ހުރަސްކޮށް ސަޕްލައި ގެންދެވެން އޮތުން.
- މަގުގެ ހުރަސްކުރާ ސަޕްލައި 15 (ފަނަރަ) ފޫޓުގެ މަތިން ގެންދެވެން އޮތުން.
- 15 (ފަނަރަ) ފޫޓަށްވުރެ ސަޕްލައި ތިރި ނުވާނެ ގޮތަކަށް ސަޕްލައި ރަނގަޅަށް ހަރުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތުން.
|
|
|
(ށ) |
ބިމުގައި ސަޕްލައި ވަޅުލައިގެން މަގު ހުރަސްކޮށް، ސަޕްލައި ގެންދާނަމަ ވަޅުލުމަށް ކޮނުނު ސަރަޙައްދު ރަނގަޅަށް ފަސްބާރު ކުރުމަށްފަހު މަގު ރަނގަޅަށް އެއްވަރު ކުރަންވާނެއެވެ. އަދި މަސައްކަތް ނިމުމުން މަގުމަތިން ސަޕްލައި ނަގައި އިހު ހުރިގޮތަށް މަގު ރީތިކުރަންވާނެއެވެ. |
|
|
(ނ) |
މިޤަވާޢިދުގެ ދަށުން މަގު ހުރަސްކޮށް ގެންދެވޭ ސަޕްލައިއެށް ބެހެއްޓުމުގެ ހުއްދަ ގިނަވެގެން ދެވޭނީ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށެވެ. |
|
|
(ރ) |
މިނަންބަރުގެ (ނ) ގައި މުއްދަތު ކަނޑައެޅިފައި އޮތްނަމަވެސް މަސައްކަތް ނިމުމުން ސަޕްލައި ލަސްނުކޮށް މަގުމަތިން ނަގަންވާނެއެވެ. |
މަގު ހުރަސްކޮށް ސަޕްލައި ވަޅުލުމުގައި އެހެން އެއްޗަކަށް ގެއްލުންވުން |
7. |
|
މިޤަވާޢިދުގެ ދަށުން ހުއްދަލިބިގެން ކަރަންޓް ސަޕްލައިއެއް ވަޅުލުމަށް މަގުކޮންނަނިކޮށް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ވަޅުލެވިފައިވާ އެހެންފަރާތެއްގެ މިލްކިއްޔާތަކަށް ގެއްލުމެއްވެއްޖެނަމަ، އެލިބުނު ގެއްލުމެއްގެ ބަދަލަށް މަސައްކަތުގެ ވެރިފަރާތުން ޒިންމާވާންވާނެއެވެ. ނަމަވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބެހެއްޓިފައިވާ އެއްޗަކަށް މަގުކޮނުމުގެ ސަބަބުން ގެއްލުމެއް ލިބުން ކަމުގައިވީނަމަވެސް އެގެއްލުމަކަށް ކައުންސިލުން ނުވަތަ މަސައްކަތް ކުރި ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ. |
ފީނެގުން |
8. |
|
މިޤަވާޢިދުގެ ދަށުން މަގު ހުރަސްކޮށް ގެންދަންޖެހޭ ސަޕްލައި ނުނަގައި މަގުގައި ބަހައްޓާ ކޮންމެދުވަހަކަށް -/10 (ދިހައެއް) ރުފިޔާގެ ފީއެއް ސަޕްލައި ބަހައްޓާ ފަރާތުން ކައުންސިލަށް ދައްކަންވާނެއެވެ. |
މަގު ހުރަހަށް ރޯނާއި ބެނާ ދެމުން |
9. |
(ހ) |
މަގެއްގެ ހުރަހަށް ރޯނެއް ނުވަތަ ބެނާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދަމަންވާނީ އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުން ލިއުމަކުން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި މަގެއްގެ ހުރަހަށް ގޯއްޗަކާ ނުވަތަ މީހެއް ނުވަތަ ބައެއްގެ މިލްކިއްޔާތުގައި ވާތަނަކާއި ގުޅިގެން އެއެއްޗެއް ހަރުކުރެވިފައިވާނަމަ، އެއެއްޗެއްގެ ޒިންމާ އުފުލާނީ އެގޯއްޗެއްގެ ވެރިފަރާތުން ނުވަތަ އެވަގުތަކު އެތަނެއް ބެލެހެއްޓުން ޙަވާލުވެފައިވާ ފަރާތަކުންނެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) ގެ ދަށުން ކައުންސިލްގެ ހުއްދަ ލިބުނު ނަމަވެސް އެފަދަ އެއްޗެއް ބެހެއްޓެނީ އެހެންފަރާތެއްގެ ޒިންމާގައި ނުވަތަ މިލްކުވެރިކަމުގައި ހިމެނޭ ތަނެއްގައިނަމަ، އެއެއްޗެއް ހަރުކޮށް ބަހައްޓަންވާނީ އެތަނެއްގެ ވެރިފަރާތުން ހުއްދަ ހޯދުމަށްފަހުގައެވެ. |
|
|
(ނ) |
މިނަންބަރުގެ (ހ)ގެ ދަށުން ހުއްދަދެވޭ ތަކެތި ގިނަވެގެން ބަހައްޓަންވާނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. |
|
|
(ރ) |
މިނަންބަރުގެ (ހ) އާއި (ށ) އާ ޚިލާފުވާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ)އާއި -/5000 (ފަސްހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ. |
ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުންނަތަކެތި ނެގުން |
10. |
(ހ) |
މަގުމަތީގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައި ހުންނަތަކެތި ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ނެގުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. އެފަދަ އެއްޗެއް އޮތްތަނަކުން ނުވަތަ ހުރިތަނަކުން ނެގުމުގައި އެއެއްޗަކަށް ލިބޭ ގެއްލުމަށް ކައުންސިލްތަކުން ޒިންމާވާން ނުޖެހޭނެއެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ)ގެ ދަށުން ނެގޭ ތަކެތި އެއެއްޗެއް ނެގޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގެންގޮސްފައި ނުވާނަމަ އެއެއްޗެއް ނައްތާލުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. އަދި މިގޮތަށް ނެގޭ އެއްޗެއް ދޫކުރެވޭނީ މިޤަވާޢިދުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ލާޒިމްކުރާ ފީ އާއި ޖޫރިމަނާ ދެއްކުމާއިއެކު، އެ އެއްޗެއް ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދެއްކުމަށްފަހުގައެވެ. |
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް |
11. |
|
މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން އުޞޫލުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. |
މާނަ ކުރުން |
12. |
(ހ) |
ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ. |
|
|
(ށ) |
މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ. |
******************************* |