`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 11:17:18 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޔ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދުވެ.
(ށ) މިޤަވާއިދަށް ކިޔާނީ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށެމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ގޯތީގައި ޢިމާރާތް ކުރުމާއި ފުރާޅުލުން 4. ގޯތީގައި ޢިމާރާތް ކުރަންވާނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޓ) ގައިވާ "ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ގަވާއިދު"ގައި ވާ ގޮތުގެ މަތިންނެވެ. އަދި ގޭގޭ ފުރާޅު މަގުގެ އިމުން ބޭރަށް ބަހައްޓަންވާނީ އެޤަވާޢިދާ ފުށުނާރާ ގޮތަކަށެވެ.
މަގުމަތީ އިމާ ގުޅިގެން ކޮށްފައި ހުންނަ ޢިމާރާތްތައް ހިޔާ ކުރުން 5. (ހ) މަގުމަތީ އިމާ ގުޅިގެން ޢިމާރާތްކޮށްފައި ހުންނަ ބިނާތައް މަގުމައްޗަށް ފެންފަހިވާގޮތަށް ހިޔާ ކުރާނަމަ، ފުރާޅުގައި ދިޔަދޮވިލައި ހޮޅި ގުޅައި މަގުމައްޗަށް ފުރާޅުން ފެން ނުފައިބާ ގޮތަށް ހަދަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ)ގައި ބުނެފައިވާ ދިޔަދޮވީން މަގުމައްޗަށް ފައިބާ ފެން ބަހައްޓަންވާނީ އެމަގަށް ހޮޅިގުޅުމުގެ ސަބަބުން މަގުގައި ފެން ބޮޑު ނުވެ މަގަށް ފެން ހިނދޭނަމައެވެ.
ޢިމާރާތުގެ ޓެރަހުން މަގަށް ފެންފައިބާ ގޮތަށް ބެހެއްޓުން 6. (ހ) ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯނުފަދަ ތަކެތިން މަގުމައްޗަށް ފައިބާ ގޮތަށް ނުވަތަ މަގުމައްޗަށް އޮހޭ ގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބުނެފައިވާ ގޮތާ ޚިލާފަށް މިޤަވާޢިދަށް ޢަމަލުކުރުމުގެ ކުރިން ހެދިފައިވާ ތަންތަން މިޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ރަނގަޅުކުރަންވާނެއެވެ.
ޤަވާޢިދާ ޚިލާފުވުން 7. މިޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފުވާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/100 (ސަތޭކަ ރުފިޔާ)އާއި -/10000 (ދިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ. މިމާއްދާ އިޞްލާހާ ޖޫރިމަނާ ހިމެނުމަށް.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 8. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން އުޞޫލުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.
މާނަ ކުރުން 9. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު