`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 10:21:10 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޗ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ރަށާއި، އެރަށްރަށާ ގުޅިފައިވާ ސަރަޙައްދު ތަކުގައި ފިލްމު ނެގުން 4. ރަށަކާއި ގުޅިފައިވާ ކަނޑެއްގައި ނުވަތަ ރަށެއްގެ ފަޅެއްގައި ނުވަތަ ރަށުގެ ޢާއްމު ތަންތަނުގައި ފިލްމެއް ނުވަތަ ފިލްމެއްގެ ބައެއް ނުވަތަ އިޝްތިހާރެއް ނަގަންވާނީ، އެފިލްމެއް ނަގަން ބޭނުންވާ ސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުން ލިއުމުން ހުއްދަ ލިބިގެންނެވެ.
ހުއްދައަށް އެދި ހުށަހެޅުން 5. (ހ) މިޤަވާޢިދުގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ހުއްދަ ހޯދުމަށް ފިލްމް ނުވަތަ ފިލްމެއްގެ ބައެއް ނަގަން ބޭނުންވާކަމަށްއެދި އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުން ކަނޑަޅާފައިވާ އުޞޫލަކާ އެއްގޮތަށް ފިލްމު ނަގަން ބޭނުންވާ ފަރާތުން އެދެންވާނެއެވެ.
(ށ) ފިލްމެއް ނުވަތަ ފިލްމެއްގެ ބައެއް ނުވަތަ ލަވައެއް ނަގަން އެދި ހުށަހަޅާ ފަރާތުން އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.
  1. ހުއްދައަށް އެދޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތު.
  2. ރާއްޖޭގައި ފިލްމު ނެގުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިއުން.
(ނ) މަސައްކަތް ހިނގަމުންދާއިރު ކައުންސިލްގެ ފަރާތުން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަކުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އެ ފިލްމެއް ނުވަތަ ފިލްމުން ބައެއްނަމަވެސް ނަގަމުންދަނީ ޤަވާޢިދާ އެއްގޮތަށް ހުއްދަލިބިގެންކަން ބެލުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެލިބިފައިވާ ހުއްދަ ދައްކަންވާނެއެވެ. އަދި ހުއްދަ ދެއްކުމަށް އަންގާ ވަގުތު އެހުއްދަ ދެއްކިފައި ނުވާނަމަ، ފިލްމު ނެގުން ހުއްޓުވުމުގެ އިޚްތިޔާރު ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
(ރ) މިނަންބަރުގެ (ނ)ގެ ދަށުން ހުއްޓެވޭ ހުއްޓުވުމެއްގެ ސަބަބުން ފިލްމު ނަގާފަރާތަށް ލިބޭ ގެއްލުންތަކަށް ކައުންސިލުން ނުވަތަ މިޤަވާޢިދުގެ ދަށުން ހުއްޓުވުމަށް ބާރުލިބިދީފައިވާ ފަރާތެއް ޒިންމާ ނުކުރެވޭނެއެވެ.
ފީނެގުން 6. (ހ) ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ ކަނޑާއި ފަޅުގެ ސަރަޙައްދަކުން ފިލްމެއްގެ މަންޒަރެއް ނެގެމުގެ ހުއްދަ ދެވޭނީ ދުވާލަކަށް -/1000 (އެއްހާސް) ރުފިޔާގެ ފީއެއް ކައުންސިލަށް ދެއްކުމުންނެވެ.
(ށ) ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ މީހުން ދިރިނޫޅޭ ރަށެއްގައި ފިލްމެއްގެ މަންޒަރެއް ނެގެމުގެ ހުއްދަ ދެވޭނީ ދުވާލަކަށް -/1000 (އެއްހާސް) ރުފިޔާގެ ފީއެއް ކައުންސިލަށް ދެއްކުމުންނެވެ.
(ނ) މީހުން ދިރިއުޅޭ ރަށެއްގެ ޢާއްމު ސަރަޙައްދެއްގައި ފިލްމެއްގެ މަންޒަރެއް ނަގާކަމުގައިވާނަ އެފަރާތަށް އެފަދަ ހުއްދައެއް ދެވޭނީ ދުވާލަކަށް -/1500 (ފަނަރަ ސަތޭކަ) ރުފިޔާގެފީއެއް ދެއްކުމުންނެވެ.
(ރ) ވީޑިއޯލަވައެއްގެ މަންޒަރު ކައުންސިލްގެ ދަށުގައިވާ ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ނެގުމަށް ހުއްދަ ދެވޭނީ ދުވާލަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
ޤަވާޢިދާ ޚިލާފުވުން 7. މިޤަވާޢިދުގައިވާ ގޮތާއި ޚިލާފަށް ކައުންސިލުން ނަގަން ޖެހޭ ހުއްދަ ނުހޯދައި ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއްނަމަވެސް ނަގައިފި ފަރާތެއް އެފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ނެގި ކޮންމެ ދުވަހަކަށް -/3000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރު ނެގުނު ސަރަޙައްދުގެ އިޚްތިޞާސް ލިބިގެންވާ ކައުންސިލަކަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 8. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަ ކުރުން 9. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ސިޓީ ކައުންސިލާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލް ހިމެނޭނެއެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
(ނ) ފިލްމުގެ މަންޒަރު: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންވެފައި ނުވާނަމަ، ފިލްމުގެ މަންޒަރުގެ ތެރޭގައި ފިލްމާއި ލަވައަކަށް އެކްޓުކޮށް ނެގޭ ހުރިހާ މަންޒަރެއް ހިމެނޭނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު