`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 19 Feb 2019 12:26:30 +0500

ޞަފްޙާތައް
ކައުންސިލްގެ ތަޞައްވުރު
ދާންދޫ އަކީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ޢަމަލުކުރާ، އަދި އުފާ ފާގަތި ބަޔަކު ދިރިއުޅޭ ރަށެކެވެ.

ކައުންސިލްގެ މިޝަން
މި ކައުންސިލްގެ މިޝަން އަކީ، އިސްލާމްދީނުގެ ހަމަތަކާއެކު އުފާ ފާގަތި ބަޔަކު ދިރިއުޅޭ ރަށަކަށް ހެދުމަށްޓަކައި އެންމެން އެކީ ކުރިއަރައި ދިއުމަށް ކައުންސިލުން މަސައްކަތް ކުރުމެވެ.

ކައުންސިލްގެ މެންޑޭޓް
  • ދީމުޤްރާޠީ، އަދި ޖަވާބުދާރީވަނިވި އުޞޫލުން، ރައްޔިތުން އެދޭ ގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމައިދިނުން.
  • އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަގާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން.
  • ރައްޔިތުން ބާރުވެރިކުރުން.
  • ރައްޔިތުންނާ އެންމެ ގާތުން، ފުޅާ ދާއިރާއެއްގައި ޚިދްމަތްދިނުން.
  • ރަށުގައި އަމަން އަމާންކަން ދެމެހެއްޓުން.

ދާންދޫ
ހުވަދު އަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ދާންދޫއަކީ މި އަތޮޅުގައި އާބާދީގެ ނިސްބަތުން ބަލާއިރު ދެވަނަ ރަށެވެ. ދާންދޫގެ އާބާދީއަކީ 2057 މީހުންނެވެ. އެއީ 1024 އަންހެނުންނާއި 1033 ފިރިހެނުންނެވެ. މީގެ ތެރެއިން 1037 މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ.



ދިގުމިނުގައި 750 މީޓަރު އަދި ފުޅާމިނުގައި 290 މީޓަރު އޮންނަ ދާންދޫ އޮންނަނީ ވެރިކަން ކުރާ ރަށް، މާލެއާއި 394 ކިލޯމީޓަރު ދުރުގައެވެ. އެއީ ޖޯގްރަފީ ގޮތުން ބަލާއިރު އުތުރުން 0.621445 ޑިގްރީ އަދި އިރުން 73.461478 ޑިގްރީއެވެ.

ދާންދޫގައި އިޤުތިޞާދީ މައިގަނޑު މަސައްކަތެއްގެ ގޮތުން ކުރަނީ މަސްވެރިކަމެވެ. މަސްވެރިކަމަށް ޚާއްސަ 7 ދޯންޏެއް ދާންދޫގައި އޮވެއެވެ.
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 63 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-12-16)
  • ޕަބްލިކޭޝަންސް: ތައުޒިޔާގެ މެސެޖް (2019-01-31)
  • ޚަބަރު: އޮޑިޓަރޖެނެރަލް ހަސަން ޒިޔަތު ދާންދޫ ކައުންސިލާ ބައްދަލުކޮށްފި (2019-02-13)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު